ކ. މާލެ
|
11 މެއި 2018 | ހުކުރު 19:42
ޖެކްލިންއަށް ރޭސް 3 ގެ ސެޓް ތެރެއިން ވެސް އަނިޔާ ލިބުނު
ޖެކްލިންއަށް ރޭސް 3 ގެ ސެޓް ތެރެއިން ވެސް އަނިޔާ ލިބުނު
ގޫގުލް
ޖެކްލިން
ބޮލީވުޑް ތަރި ޖެކްލިން އެކްސިޑެންޓް ވެއްޖެ
 
އެކްސިޑެންޓް ހިނގާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު

ބޮލީވުޑް ތަރި ޖެކްލިން ބުރާސްފަތި ދުވަހުގެ ރޭ ސަލްމާން ހާން ގޭގައި ރޭސް 3 ގެ ތަރިންނާއެކު އޮތް ޕާޓިއަކަށްފަހު ގެއަށް ދިޔަ މަގުމަތީގައި އެކްސިޑެންޓް ވެއްޖެއެވެ.

ރިޕޯޓުތަކުން އެނގޭގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ އެރޭ ދަންވަރު ދެގަޑި ސާޅީސް ފަހެއް ހާއިރު އެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ. އެހެންނަމަވެސް ޖެކްލިންގެ ކާރުގެ ހެޑްލައިޓް ވަނީ ތަޅައިގެން ގޮސްފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން ރޭސް 3 ގެ ޝޫޓިން ސެޓް ތެރެއިން ވަނީ ޖެކްލިން އަށް އަނިޔާ ލިބިފައެވެ.

މެއި 15 ގައި ޓްރެއިލާ ނެރުމަށް ހަމަޖެހިފައި ވާއިރު ގިނަ ބަޔަކު މިހާރުވެސް ދަނީ އެ ފިލް ނިކުންނާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.

މި ފިލްމު ރެމޯ ޑި ސޫޒާ ޑައިރެކްޓު ކުރާއިރު މި ފިލްމުގައި ބޮބީ ޑިއޯލް، އަނިލް ކަޕޫރް، ޑެއިޒީ ޝާހް އަދި ސާގިބް ސަލީމް ފެނިގެންދާނެއެވެ. ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ ޖޫން 15 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް