ކ. މާލެ
|
15 މެއި 2018 | އަންގާރަ 13:50
ޒިޔާރަތް މިސްކިތް މިހާރު ވަނީ ތަޅާލައި އަލުން އިމާރާތް ކުރަން ފަށާފައި
ޒިޔާރަތް މިސްކިތް މިހާރު ވަނީ ތަޅާލައި އަލުން އިމާރާތް ކުރަން ފަށާފައި
ގޫގުލް
ރޯދަ ޚަބަރު
ރޯދަ މަހުގެ ތެރޭގައި ޒިޔާރަތް މިސްކިތުގައި ނަމާދުކުރަން ފަށާނެ
ރޯދަ މަސް ނިމުމުން އެ މިސްކިތް އަލުން ބަންދުކުރާނެ
އިމާރާތް ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޯގަސްޓް މަހު
އިމާރާތް ކުރުމުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައި

ޒިޔާރަތް މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ރޯދަމަހަށް ނުނިމުނު ކަމުގައިވިޔަސް ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން އެ މިސްކިތުގައި ނަމާދު ކުރަންފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަންފަށާ ނަމަވެސް ރޯދަ މަސް ނިމުމުން އެ މިސްކިތް އަލުން ބަންދުކުރާނެ ކަމަށެވެ.

އިމާރާތް ކުރުމުގެ ބޮޑުބައެއް ނިމިފައިވާ އެ މިސްކިތް އަލުން ތަޅާލައި ދެ ބުރި އަށް އިމާރާތް ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. މި މިސްކިތަކީ ޔުނިވާސަލް އެންޓަޕްރައިޒަސްގެ އެހީގައި އިމާރާތް ކުރާ މިސްކިތެކެވެ.

ޒިޔާރަތް މިސްކިތުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް މިހާރުވެސް އެބަ ކުރިއަށް ދެއެވެ. އެގޮތުން ސަރުކާރުގެ ހަރަދުގަ އާއި ހެޔޮއެދޭ ފަރާތްތަކުގެ ހިލޭ އެހީގެ ދަށުންނާއި ސައޫދީ ސަރުކާރުގެ ހިލޭ އެހީގައި ބައެއް ރަށްރަށުގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

މީގެ އިތުރުން ރޯދަ މަސް ފެށެންވާ އިރަށް މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް