ކ. މާލެ
|
11 މެއި 2018 | ހުކުރު 13:51
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު (ކ) އާއި ފަނޑިޔާރު އަލީ ހަމީދު (ވ)
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު (ކ) އާއި ފަނޑިޔާރު އަލީ ހަމީދު (ވ)
މުހައްމަދު ޝަރުހާން
ފަނޑިޔާރުން ހައްޔަރުކުރުން
ފަނޑިޔާރުން ދޫކޮށްލުމަށް ހިއުމަން ރައިޓްސް ވޮޗް އިން ގޮވާލައިފި
ފަނޑިޔާރުން މިނިވަންކުރުމަށް ގޮވާލީ ފަނޑިޔާރުންގެ މައްޗަށް ހުކުމް ކުރުމާއި ވިދިގެން
ފަނޑިޔާރުންނަށް ހުކުމް ކުރަނީ ރައީސް ޔާމީންގެ ވެރިކަން ދަމަހައްޓަން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ހަމީދާއި ދެ ބޭފުޅުން މިނިވަންކުރުމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާޢަތެއްކަމަށްވާ ހިއުމަން ރައިޓްސް ވޮޗް އިން ގޮވާލައިފިއެވެ.

ހިއުމަން ރައިޓްސް ވޮޗް އިން ބުރާސްފަތި ދުވަހު ބުނީ ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަނީ ސިޔާސީ މަޤްޞަދެއްގައިކަމަށެވެ. ހިއުމަން ރައިޓްސް ވޮޗްގެ އޭޝިއާ ޑިރެކްޓަރ ބްރެޑް އެޑަމްސް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ވެރިކަމުގެ ބާރު ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާކަމަށާއި، އިދިކޮޅު ފަރާތްތަކުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، ފަނޑިޔާރުން ޖަލަށް ލުމަކީ އޭގެ މިސާލެއްކަމަށެވެ. 

އިންސާފުވެރިކަމާއިއެކު ޝަރީޢަތްތައް ހިންގުމަށް މަސައްކަތްކުރެއްވި ފަނޑިޔާރުން ޖަލަށް ލުމަށް ހުކުމް ކުރުމަކީ ޤާނޫނުގެ ވެރިކަމަށް ދިން ހަމަލާއެއްގެ ގޮތުގައި ހިއުމަން ރައިޓްސް ވޮޗް އިން ވަނީ ސިފަކޮށްފައެވެ. އަދި އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބު މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ސިޔާސީ މިނިވަންކަން ދީ، ޑިމޮކްރެޓިކް ވެރިކަން ޤާއިމްކުރަން ޖެހޭކަމަށް ރައީސް ޔާމީނަށް އެޖަމާޢަތުން ވަނީ ގޮވާލާފައެވެ. 

ހިއުމަން ރައިޓްސް ވޮޗްގެ ބަޔާން ނެރެފައިވަނީ, ވަކި ގޮތަކަށް އަމުރު ނެރުމަށް ދެ ގާޒީ އަކަށް ނުފޫޒު ފޯރުވި ކަމަށްބުނެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން 1 އަހަރާއި 7 މަހާއި 6 ދުވަހަށް އެ ދެބޭފުޅުން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމާއި ވިދިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް