މިއަދާއި މާދަމާ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ލަފާކޮށްފި އެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ލ. އަތޮޅަށެވެ. އެ އަތޮޅު ހިމެނޭ ގޮތަށް ހަތަރު އަތޮޅަކަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ނެރެފައެވެ. ޔެލޯ އެލާޓް ނެރެފައި ވަނީ ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅުގެ އިތުރުން ލ. އަތޮޅަށެވެ. ލ. އަތޮޅަށެވެ. ރޭ މެންދަމުން ފެށިގެން ދެ ފަހަރެއްގެ މަތިން، މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ނެރެފައިވެއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެނީ ދިމާވެދާނެ ކަމަކަށް ތައްޔާރީ ހާލަތުގައި ތިބުމަށް އެންގުމަށާއި ކަމާ ބެހޭ އިދާރާތައް ރައްޔިތުންނަށް ދިމާވެދާނެ ކަމަކުން ސަލާމަތްވުމަށެވެ. ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ގަދަ ވަޔާ އެކު ނަގޫރޯޅިއެއް އަރާފާނެ ހާލަތުގައި ޔެލޯ އެލާޓް ނެރެފައިވަނިކޮށް ކަނޑު ދަތުރުކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.
ނަމަވެސް މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.