ކ. މާލެ
|
11 މެއި 2018 | ހުކުރު 13:04
ވެރިކަމުގައި ހުންނެވިއިރު، ރައީސް ނަޝީދު އަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
ވެރިކަމުގައި ހުންނެވިއިރު، ރައީސް ނަޝީދު އަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
ރައީސް ނަޝީދުގެ ކެމްޕެއިން
ރައީސް ނަޝީދުގެ ކެމްޕެއިން ޖަލްސާތައް އަތޮޅުތަކުގައި، މިރޭ ބާއްވާނީ ހިތަދޫގައި
ހިތަދޫގައި ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ މިރޭ
މާދަމާ ރޭ ދިއްދޫގައި ވެސް ބާއްވާނެ
އިސް ބޭފުޅުން ވަނީ ނަޝީދަށް ބައިއަތު ހިއްޕަވާފައި

މި މަހުގެ 30ގައި ބާއްވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޖަލްސާއެއް އައްޑޫ ސިޓީ ހިތަދޫގައި ބޭއްވުމަށް ނިންމައިފިއެވެ.

އައްޑޫ ސިޓީގައި ރައީސް ނަޝީދުގެ ކެމްޕެއިން ޖަލްސާ ބާއްވަނީ ހިތަދޫ ހަރުގޭގައެވެ. ހުކުރު ދުވަހުގެ ރޭ 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުންނާއި ލީޑަރޝިޕްގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވެސް ވަނީ އައްޑޫއަށް ވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޖަލްސާއެއް ހުކުރު ދުވަހުގެ ރޭ ހިތަދޫގައި ބޭއްވުމަށް ނިންމާފައިވާއިރު، ހއ. ދިއްދޫގައި ވެސް ކެމްޕެއިން ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. ދިއްދޫގައި ބާއްވާ އެ ޖަލްސާ ފެށުމަށް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 9:00ގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދެވެ. ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަން ރައީސް ނަޝީދު އިއުލާން ކުރެއްވުމާއެކު، ބައެއް ބޭފުޅުން ވަނީ އެމަނިކުފާނަށް ބައިއަތު ހިއްޕަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
11 މެއި 2018 | ހުކުރު 08:59
ސާޑް
ކިތަންމެ ވަރަކަށް ޖަލްސާތައް ބޭއްވިޔަކަސް ތީ ހަމަ ފޫނެތްފަޔަ ފެންފުރުން (ނަސީދު ނަމެއްނެތް