ކ. މާލެ
|
11 މެއި 2018 | ހުކުރު 10:43
ކުދިން ފެނޭތޯ އެމްއެންޑީއެފް އިން ބަލާފައިވާ ސަރަހައްދެއް
ކުދިން ފެނޭތޯ އެމްއެންޑީއެފް އިން ބަލާފައިވާ ސަރަހައްދެއް
ރާއްޖެއެމްވީ
އައްޑޫ ސިޓީން ގެއްލުނު ކުދިން
ދެކުދިން ގެއްލުނުނުތާ 21 ދުވަސް، އަދިވެސް ހޯދުން ހުއްޓައެއް ނުލާ: އެމްއެންޑީއެފް
ގެއްލިގެން ހޯދަމުން ދަނީ ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ، 17 އަހަރު އަދި ޓޮޕާޒް މަޔާމީން އަލީ، 14 އަހަރު

މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެކުދިން ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލައި ކުރިއަށް ގެންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ އިންފޮރމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ކަނޑުގެ މަގުންނާއި ވައިގެ މަގުންވެސް އެކުދިން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާކަަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ، 17 އަހަރު އަދި ޓޮޕާޒް މަޔާމީން އަލީ، 14 އަހަރު އެވެ.

ހިތަދޫ ކޯއްޓޭ ސަރަހައްދަށް އެޕްރީލް 21 ވަނަ ދުވަހު މޫދަށް އެރި އުޅެނިކޮށް އޮއިގަނޑުގައި ޖެހުނު ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު، މީހަކު ގޮސް ސަލާމަތްކުރި އެވެ. ތިން ކުދިންގެ ތެރެއިން ސަލާމަތްވެފައިވަނީ އަލީ ރާއިފްއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް