ކ. މާލެ
|
11 މެއި 2018 | ހުކުރު 06:11
ފަރުވާ ދިނުމަށް ޑޮކްޓަރުންތަކެއް ހަރަކާތްތެރިވަނީ
ފަރުވާ ދިނުމަށް ޑޮކްޓަރުންތަކެއް ހަރަކާތްތެރިވަނީ
އެންސީބީ ނިއުސް
އެބޯލާ ބަލި
އެބޯލާ ޖެހިގެން ކޮންގޯއިން މީހަކު މަރުވެއްޖެ
ގައުމުގެ އިތުރު 11 މީހަކަށް އެބޯލާ ވަނީ ޖެހިފައި

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ)ގައި ނުރައްކާތެރި އެބޯލާ ވައިރަސް ޑިސީސް ( އީވީޑީ) އެބޯލާ ބަލިޖެހިގެން މީހަކު މަރުވެއްޖެއެވެ.

އެގައުމުގެ ސިއްހަތާއި ބެހޭ ވަޒީރު އޮލީ އިލުންގާ ވިދާޅުވީ ގައުމުގެ އިތުރު 11 މީހަކަށް އެބޯލާ ޖެހިފައިވާކަމަށެވެ.

ކޮންގޯގެ އުތުރުން އޮންނަ އަވަށެއްކަމަށްވާ ބިކޯރޯއިން 5 މީހަކު އެބޯލާއަށް ޕޮޒިޓިވް ވެފައިވާކަމަށާއި އޭގެތެރޭގައި ތިން މީހުންނަކީ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ މީހުންކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔެއިން އެންމެ ފުރަތަމަ އެބޯލާ ފެނިފައިވަނީ ވެސް 1976 ވަނަ އަހަރު ކޮންގޯ އިންނެވެ.

އެބޯލާ ޖެހުމުން އެއިން ސަލާމަތް ވުމަށް ވަކި ޚާއްސަ ބޭހެއް ނުހުރެއެވެ. އެބޯލާ ބައްޔަކީ ބަލިޖެހޭ ގިނަ މީހުން އެބަލީގައި މަރުވާ ބައްޔެކެވެ. އެހެން ނަމަވެސް ބައްޔަށް ބޭނުން ކުރެވޭ އެކްސްޕެރިމެންޓަލް ވެކްސިން އެއް ވަނީ ތައާރުފް ކުރެވިފައެވެ. މި ވެކްސިން ކާމިޔާބު ކަމަށް ބުނެއެވެ. އެބޯލާ ޖެހޭ މީހުންގެ އަދަދު އެންމެ ބޮޑަށް ރެކޯޑް ކުރެވިފައިވަނީ 2014 ވަނަ އަހަރުގައެވެ. އެ އަހަރު 11،000އަށްވުރެ ގިނަ މީހުން ވަނީ އެބޯލާ ބަލީގައި މަރުވެފައެވެ.

 

- ކޮމެންޓް