ކ. މާލެ
|
11 މެއި 2018 | ހުކުރު 05:57
ޕަރިނީތީ ޗޮޕްރާ
ޕަރިނީތީ ޗޮޕްރާ
އިންސްޓަގްރާމް
ޕަރިނީތީ ޗޮޕްރާ
މެގަޒިންގެ ޝޫޓިންގ އަކަށް ޕަރިނީތީ ޗޮޕްރާ ރާއްޖެއައިސްފި
 
އޭނާ ވަނީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުގައިވެސް ރާއްޖެ އައިސްފައި

މެގަޒިން ގެ ޝޫޓިންގ އަކަށް ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޮޕްރާ ރާއްޖެއައިސްފިއެވެ.

ބުރާސްފަތި ދުވަހު އިންސްޓަގްރާމުގައި އާންމުކުރި ސްޓޯރީއެއްގައި ޕަރިނީތީ ބުނެފައިވަނީ އޭނާ ރާއްޖެ އައިސްފައިވަނީ މަޝްހޫރު ފޮޓޯގްރާފަރު އަބޭ ސިންގް އާއި ސްޓައިލިސްޓް ދިވްޔަކް ޑިސޫޒާއެކީގައެވެ. އޭނާ ވަނީ އެ ދެމީހުން އެ ސްޓޯރީގައި ޓެގްކޮށްފައެވެ. އެހެން ނަމަވެސް އޭނާ ރާއްޖެ އައިސް ފޮޓޯ ޝޫޓް ކުރަނީ ކޮން ރިސޯޓެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އޭނާ ވަނީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުގައިވެސް ރާއްޖެ އައިސްފައެވެ. އެފަހަރު ޕަރިނީތީ ޗުއްޓީ ހޭދަކުރަމުން ދިޔައީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ސަން އައިލެންޑް ރިސޯޓްގައެވެ.

ޕަރިނީތީ އެންމެ ފުރަތަމަ ފެނިފައިވަނީ ލޭޑީސް ވާރސަސް ރިކީ ބަހްލް އިންނެވެ. އެއީ 2011 ވަނަ އަހަރުގައެވެ. އޭނާއަށް ވަނީ އެ ފިލްމުން ފިލްމު ފެއަރ އެވޯޑް ގެ އެންމެ މޮޅު ބަތަލާގެ މަގާމު ލިބިފައެވެ. ޕަރިނީތީ ކުޅެފައިވާ ފިލްމު ތަކަށް ބަލާއިރު ހަސީތޯ ޕަސީ(2014)، ޝުދް ދޭސީ ރޮމެންސް(2013) ހިމެނެއެވެ. އެންމެ ފަހުން ޕަރިނީތީ ފެނިގެން ދިޔައީ މިދިޔަ އަހަރު ގޯލްމާލް އެގެއިން އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
100%
0%
0%
ކޮމެންޓް