ކ. މާލެ
|
11 މެއި 2018 | ހުކުރު 00:47
ޑރ. ޖަމީލު
ޑރ. ޖަމީލު
ރާއްޖެއެމްވީ
ޑރ.ޖަމީލު
ރައްޔިތުން މިއަދު ބޭނުންވަނީ ބާރުވެރިކޮށްދޭނެ ވެރިކަމެއް: ޑރ.ޖަމީލު
ޑރ ޖަމީލު ވިދާޅުވީ މިރާއްޖެއިން ރައްޔިތުންގެ ބާރު ކަނޑުވާލާ ގާނޫނު އަސާސީ ވަނީ ކަފުންކޮށްފައިކަމަށް

ރައްޔިތުން މިއަދު ބޭނުންވަނީ ރައްޔިތުންގެ ޖީބުތައް މުއްސަދިކޮށްދީ، ގާނޫނު އަސާސީ ހިމާޔަތްކޮށް، ރައްޔިތުން ބާރުވެރިކޮށްދޭނެ ވެރިކަމެއް ކަމަށް މިސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

މެންބަރުން އިތުރުކުރުމަށް ޖުމްހޫރީ ޕާޓީން ބުރާސްފަތިދުވަހުގެރޭ ފެށި "ހޭވައްލާ ޖޭޕީ" ކެމްޕޭން ފެށުމުގެ ރަސްމިއްޔާތައް ރާއްޖެއިން ބޭރުގައި ހުންނަވައިގެން ވީޑިއޯ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ މިރާއްޖެއިން ރައްޔިތުންގެ ބާރު ކަނޑުވާލާ ގާނޫނު އަސާސީ  ކަފުންކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ތިމާއަށްވުރެ ގައުމު އިސްކުރާނެ ރަނގަޅު ވެރިއެއްކަމަށާއި އެއްވެސް މީހަކަށް ގާނޫނު އަސާސީއަށްވުރެ މަތީގައި ނުހުރެވޭނެކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

މިއަދު ރާއްޖޭގެ ރައްޔިތުންގެ ބާރުވެރިކަން ނެތިގެން ހިނގައްޖެކަމަށާއި އިންސާފު ލިބޭނެކަމުގެ އެއްވެސް ޔަގީންކަމެއް އެއްވެސް ރައްޔިތަކަށް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު ރާއްޖޭގައި ރައްޔިތުންގެ ބާރުވެރިކަން ނެތިއްޖެ. އިންސާފު ލިބޭނެކަމުގެ އެއްވެސް ޔަގީންކަމެއް އެއްވެސް ރައްޔިތަކަށް ނެތް. ގާނޫން އަސާސީ ވަނީ ކަފުންކޮށްފައި." ޑރ ޖަމީލު ވިދާޅުވިއެވެ.

ރާއްޖޭގެ މިއަދުގެ ހާލަތަކީ އެއްވެސް ރައްޔިތަކަށް ގާނޫނުގެ ރައްކާތެރިކަން ނެތުންކަމަށާ އިންސާފު ލިބޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

" ބޯހިޔާވަހިކަމާއި، ސާފު ބޯފެނާއި، ނަރުދަމާއަކީ ރައްޔިތުންނަށް ލިބެން އޮތް ހައްގެއް.ތަރައްގީއާއި ކުރިއެރުމަކީ ވަކި ރަށްތަކެއްގެ ބަޔަކަށް މިލްކުވެގެންވާ ހައްގެއް ނޫން." ޑރ. ޖަމީލު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
11 މެއި 2018 | ހުކުރު 10:27
މޫސަ
އެއްމެ ބާރުވެރި ކޮށްދެވޭނީ ބާރު ލިބުނު ހިނދު އޭގެބޭނުން ނާޖާއިޒު ގޮތުގަ ބޭނުންކުރި މީހުންނަށް އުތަ!