ކ. މާލެ
|
10 މެއި 2018 | ބުރާސްފަތި 21:21
އެމެރިކާގެ ރައީސް (ކ) އާއި އުތުރު ކޮރެއާގެ ރައީސް
އެމެރިކާގެ ރައީސް (ކ) އާއި އުތުރު ކޮރެއާގެ ރައީސް
އޭބީސީ7ނިއުސް
އުތުރު ކޮރެއާ - އެމެރިކާ
އުތުރު ކޮރެއާގެ ރައީސް އާއި އެމެރިކާގެ ރައީސްގެ ބައްދަލުވުން ސިންގަޕޫރުގައި
ބައްދަލުވުން އޮންނާނީ ޖޫން މަހުގެ 12 ވަނަ ދުވަހު

އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްގެ ބައްދަލުވުން ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި ބާއްވާ ގޮތައް ހަމަޖެހިފައިވާ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިކަން ބުރާސްފަތި ދުވަހު ހާމަ ކުރެއްވީ، މީގެ ކުރިންވެސް މިފަދަ މުހިންމު ވާހަކަފުޅުތައް ހާމަ ކުރައްވާ ގޮތައް އެމަނިކުފާނުގެ ޓްވިޓަރ އެކައުންޓުންނެވެ.

 

ޓްރަމްޕްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ، މި ބައްދަލުވުމަކީ ދުނިޔޭގެ ސުލްހަ އަށް ވަރަށް ޚާއްސަ ބައްދަލުވުމަކަށް ހެއްދެވުމަށް އެ ދެބޭފުޅުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އުތުރު ކޮރެއާގެ ރައީސް އާއި އެމެރިކާގެ ރައީސް ބައްދަލުކުރެއްވާނެ ތަނާއި ތާރީޚް ހާމަ ވެގެން ދިޔަ އިރު އޭގެ ދެ ދެދުވަހެއް ކުރިން އެމެރިކާގެ ޚާރިޖީ ވަޒީރު ވަނީ އުތުރު ކޮރެއާ އަށް ޒިޔާރަތް ކުރައްވާ ދެ ރައީސުންގެ ބައްދަލު ކުރެއްވުމުގެ ޕްލޭންތަކާ ބެހޭ ގޮތުން އުތުރު ކޮރެއާގެ ރައީސް އާ މަޝްވަރާ ކުރައްވާފައެވެ. އަދި ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅު ނިންމަވާލެއް ވުމަށް ފަހު އެނބުރި އެމެރިކާ އަށް ވަޑައިގެންނެވި އިރު އުތުރު ކޮރެއާގައި ހައްޔަރު ކޮށްފައި ތިބި އެމެރިކާ ތިން އަސީރުންވެސް ގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް