ކ. މާލެ
|
10 މެއި 2018 | ބުރާސްފަތި 15:27
މެލޭޝިއާގެ އިންތިހާބު ކާމިޔާބުކުރެއްވި އިދިކޮޅު ކޯލިޝަންގެ ލީޑަރު ޑރ. މަހާތިރު
މެލޭޝިއާގެ އިންތިހާބު ކާމިޔާބުކުރެއްވި އިދިކޮޅު ކޯލިޝަންގެ ލީޑަރު ޑރ. މަހާތިރު
ރޮއިޓަރސް
މެލޭޝިއާގެ އާއްމު އިންތިޚާބު
ބޮޑުވަޒީރުކަމުގެ ހުވާކުރައްވަން މަހާތިރު ރަސްގެފާނުގެ ގަނޑުވަރަށް ވަޑައިގެންފި
ހުވާ ކުރައްވަން ގަޑުވަރުކޮޅަށް ވަޑައިގެންނެވީ ހަވީރުގެ ވަގުތެއްގައި

މެލޭޝިއާގައި ބުދަ ދުވަހު ބޭއްވި އާއްމު އިންތިޚާބު ކާމިޔާބު ކުރެއްވި ޑރ. މާހާތިރު މުހައްމަދު، ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމަށް ރަސްގެފާނުގެ ގަނޑުވަރުކޮޅަށް ވަޑައިގެންފިއެވެ.

ޗެނަލް ނިއުސް އޭޝިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މަހާތިރު ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ބުރާސްފަތި ދުވަހުގެ ހަވީރު ރަސްގެފާނުގެ ގަނޑުވަރުކޮޅަށް ވަނީ ހާޒިރުވެ ވަޑައިގެންފައެވެ. އަދި މި ރަސްމިއްޔާތު ވަގުތުން ދުރަށް ދައްކާނެ ކަމަށް ޓީވީ ތަކުން އިޝްތިހާރުވެސް ކޮށްފައިވެއެވެ. މެލޭޝިއާގެ ރަސްގެފާނުގެ ގަނޑުވަރުކޮޅު ނޫނީ އިސްޓަނާ ނެގާރާއަށް ވަދެވެން އޮންނަ މަގުތައް ފުލުހުން ވަނީ ބަންދުކޮށްފައެވެ.

ބުދަ ދުވަހު ބޭއްވި އިންތިޚާބު މެލޭޝިއާގެ އިދިކޮޅު ކޯލިޝަނުން (ޕަކަޓަން ހަރަޕަން) ކާމިޔާބު ކޮށްފައިވާއިރު، ބަލިވެވަޑައިގެންނެވި ބޮޑުވަޒީރު ނަޖީބު ރައްޒާގު ވަނީ ނަތީޖާ ގަބޫލުފުޅު ކުރައްވާފައެވެ.

ބުރާސްފަތި ދުވަހު ދެއްވި ތަގުރީރެއްގައި ބޮޑުވަޒީރު ރައްޒާގު ވަނީ ބަލި ގަބޫލުކުރެއްވުމުގެ އިތުރަށް އިންތިޚާބުގައި އޮޅުވާލުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. މެލޭޝިއާގައި ދިގު މުއްދަތަކަށް ބަރިސަން ނޭޝަނަލްގެ ވެރިއްގެ ގޮތުގައި ބޮޑުވަޒީރުކަން ކުރެއްވި، މަހާތީރު މުހައްމަދު އިދިކޮޅު ލީޑަރަކަށް ހުންނަވައި އޭނާގެ އައު ކޯލިޝަން، ޕަކަޓަން ހަރަޕަންއިން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑީގެ ތެރެއިން 112 ގޮނޑިއަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް، ޤާނޫނު ހަދާ މަޖިލީހުގެ ސިމްޕަލް މެޖޯރިޓީ ނަގާފައެވެ.

ބުރާސްފަތި ދުވަހު ހެދުނު ޗެނަލް ނިއުސް އޭޝިއާއިން ވަނީ ރަސްގެފާނުގެ ގަޑުވަރާއި ހަވާލާދީ ހުވާކުރެއްވުން ފަސް ކުރެވިފައިވާކަމަށް މައުލޫމާތު ފަތުރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް