ކ. މާލެ
|
10 މެއި 2018 | ބުރާސްފަތި 14:54
ކުރީގެ ބަނޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު
ކުރީގެ ބަނޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު
މުހައްމަދު ޝަރުހާން
ދިޔާނާ ސައީދު
މާލޭސިޓީގެ މަލަމަތިން ފެންނަނީ ވައްކަމުގެ ނިޝާންތައް: ދިޔާނާ
ފެންނަން އޮތީ މަގާމުގެ ބާރު ބޭނުން ކޮށްގެން ގަނެފައިވާ ބޮޑު ގޯތި ކަމަށް ވިދާޅުވި
ގޯއްޗާ ޖެހިގެން ދެން އޮތީ ރާއްޖޭގެ ސިޔާދަތު ޗައިނާއަށް ރަހުނު ކުރުމުގެ ރަމްޒު
ދެން ފެންނަނީ ނުބައްދަލު އަގުގައި 25 ބުރިއަށް ނަގާ އިމާރާތް

ވެރިރަށް މާލޭސިޓީގެ މަލަމަތިން ފެންނަނީ ވައްކަމުގެ ނިޝާންތައް ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެއިން ފައިބާ އިރު ފެންނަނީ ޅިޔަނަށް ދިން ބިން ކަމަށެވެ. ދިޔާނާ އެހެން ވިދާޅުވީ ނަސަންދުރައަށް އިޝާރާތް ކުރައްވާ ކަމަށް ބެލެވެއެވެ.

ރައީސް ޔާމީން ހެންވޭރު ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް އިމާރާތް ކުރަމުންދާ ގޯއްޗަށް އިޝާރާތްކުރައްވާ ދިޔާނާ ވިދާޅުވީ ވާތް ފަރާތުން ފެންނަން އޮތީ މަގާމުގެ ބާރު ބޭނުން ކުރައްވައިގެން ބައްލަވައިގެންފައިވާ ބޮޑު ގޯތި ކަމަށެވެ.

ގޯއްޗާ ޖެހިގެން ދެން އޮތީ ރާއްޖޭގެ ސިޔާދަތު ޗައިނާއަށް ރަހުނު ކުރުމުގެ ރަމްޒު ކަމަށް ދިޔާނާ ވިދާޅުވިއެވެ. މީގެ އިތުރަށް ދިޔާނާ ވިދާޅުވީ މާލެ ވަށާދާއިރު ދެން ފެންނަނީ ނުބައްދަލު އަގުގައި 25 ބުރިއަށް ނަގާ އިމާރާތް ކަމަށެވެ. ދިޔާނާ އެ އިޝާރާތް ކުރެއްވީ ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތަށެވެ.

އެ އިމާރާތް އެޅުމަށްޓަކައި ދައުލަތުން ކުރަމުންދާ ހަރަދު އެތައް މިލިއަނަށް އަރާއިރު ރާޢްޖޭގެ ހުރިހާ ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގެ ސިއްހީ ހިދުމަތްތަކެއް އެތަނުން ލިބޭނެ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

ތަރައްގީގެ ނަމުގައި ސަރުކާރުން ބޮޑެތި އިމާރާތްތައް އަޅަމުންދާއިރު އެއިމާރާތްތައް އަޅަމުންދަނީ ނުބައްދަލު އަގުގައި ބޮޑެތި ލޯނުތައް ނަގައިގެން ކަމަށާއި، އެއީ ތަރައްގީ ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް