ކ. މާލެ
|
10 މެއި 2018 | ބުރާސްފަތި 13:17
ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް
ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް
އަޒުމޫން އަހުމަދު
ޔުމްނާގެ ފިރިކަލުން ނަދީމު
ނަދީމުގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި
އެންމެފަހުން ބޭއްވި އަޑުއެހުން ހުއްޓާލީ ގާޒީ ބަދަލުވެފައިވާތީ، ދިފާއީ ވަކީލު އިޖުރާއީ ނުކުތާއެއް ނެންގެވުމުން
ގާނޫނު ބުނާ ގޮތުން މައްސަލައިގެ ގާޒީ ބަދަލުވި ސަބަބުން ބުނަން ޖެހޭ

ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ 15:00އަށް ކްރިމިނަލް ކޯޓުގައި ތާވަލްކުރި އިބްތިދާތީ އެ އަޑުއެހުން ކެންސަލް ކުރި ވަކި ސަބަބެއް ކޯޓުން ހާމައެއް ނުކުރެ އެވެ.

ނަދީމުގެ ޓެރަރިޒަމް މިމައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް އެެންމެފަހުން ބާއްވާފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. ނަދީމްގެ މައްސަލަ ފުރަތަމަ ބެއްލެވި ގާޒީ ބަދަލުވެފައިވާ ސަބަބު އޭނާއަށް އަންގާފައި ނުވާތީ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންގޮސް އެދުވަހުގެ އަޑުއެހުން ވަނީ ހުއްޓަލާފަ އެވެ.

ނަދީމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ޝަހީދެވެ. އެ ދުވަހުގެ ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ނަދީމްގެ މައްޗަށް ކުރާ ދައުވާވެސް އިއްވާފަ އެވެ. އޭގެ ފަހުން މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފެށުނުއިރު މައްސަލަ ބައްލަވަމުން ގެންދަވަނީ ގާޒީ އަހުމަދު ހައިލަމެވެ.  

ހޯމަ ދުވަހު ބޭއްވި އިބްތިދާއީ ދެ ވަނަ އަޑުއެހުމުގައި ނަދީމް ވަކީލުންނާއިއެކު ކޯޓަށް ވަޑައިގެންނެވިއިރު ދައުލަތުގެ ވަކީލު ދައުވާ އިއްވަން ފެށުމާއެކު ނަދީމްގެ ދިފާއީ ވަކީލް މޫސާ ސިރާޖު ވަނީ އިޖްރާއީ ނުކުތާއެއް ނަންގަވާފަ އެވެ. އޭނާ ވިދާޅުވީ އެ މައްސަލަ އެންމެ ފުރަތަމަ ބައްލަވަމުން ގެންދެވި ގާޒީ މިހާރު ބަދަލުވެފައިވާއިރު އެސަބަބު ނަދީމަށް އަންގާފައިނުވާ ކަމަށެވެ. ނަމަވެސް ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި މައްސަލަ ބައްލަވާ ގާޒީ ބަދަލުވެއްޖެ ނަމަ އެކަން މައްސަލައިގައި ހިމެނޭ ދެ ފަރާތަށް ކޯޓުގެ އިސް ގާޒީ އަންގަންވަން ވާނެ ކަމަށް ބުނެފައިވާއިރު އެ އިޖްރާއަތު ފުރިހަމަ ކޮށްފައިނުވާ ކަމަށް ސިރާޖު ފާހަގަ ކުރެއްވި އެވެ.

އެހެން ކަމުން ގާޒީ ހައިލަމް ވަނީ މައްސަލަ ބައްލަވާ ގާޒީ ބަދަލުވެފައިވާ ސަބަބު އަންގާފައިނުވާތީ އެ އަޑުއެހުން ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އަޑުއެހުން ނިންމަވާލައްވާފަ އެވެ. 

ނަދީމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމަށް މަޖިލިސް މެމްބަރުންތަކަކާ ގުޅިގެން، ފާރިސް އެންގެވި ގޮތަށް އަމަލުކޮށް، ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާއި ކުރިމަތިލައި، ގައުމުގެ ހަމަ ނުޖެހުން ނަގާލަން މަސައްކަތް ކޮށްފައިވާތީ ކަމަށެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ވެރިކަން ބަދަލުކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ހާލަތެއް ނަދީމު މެދުވެރި ކުރުވާފައިވާ ކަމަށް ވެސް ނަދީމުގެ މައްޗަށް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް