ކ. މާލެ
|
10 މެއި 2018 | ބުރާސްފަތި 10:44
އެ ގޮނޑިތައް ބަދަލުކޮށް އެތަނަށް މިހާރު ވަނީ އާ ގޮނޑި ވައްދާފައި
އެ ގޮނޑިތައް ބަދަލުކޮށް އެތަނަށް މިހާރު ވަނީ އާ ގޮނޑި ވައްދާފައި
ރާއްޖެއެމްވީ
އައިޖީއެމްއެޗް
އައިޖީއެމްއެޗްގައި ތައް މަކުނު އެޅި ގޮނޑިތައް ބަދަލުކޮށްފި
ގޮނޑިތައް ބަދަލުކުރީ މީޑިއާއިން ރިޕޯޓްކުރުމުން

އައިޖީއެމް ހޮސްޕިޓަލްގެ ކާޑިއެކް ސެންޓަރުގެ ގޮނޑިތަކުގައި ތައް މަކުނު އަޅާފައިވާކަމަށް މީޑިއާއިން ރިޕޯޓްކުރުމާއެކު އެ ގޮނޑިތައް ބަދަލުކޮށްފިއެވެ.

އެ ގޮނޑިތައް ބަދަލުކޮށްފައި މި ވަނީ، އެތަނުގެ ގޮނޑިތަކުގައި ތައް މަކުނު އަޅާފައިވާ ފޮޓޯއާއި ވީޑިއޯ އާއިއެކު އެކަން ރާއްޖެއެމްވީން ގެނެސްދީފައި ވަނިކޮށެވެ. 

އެތަނުން ފަރުވާ ހޯދަމުން ދާ ހާޓް ޕޭޝަންޓެއްގެ އާއިލާ އިން ރާއްޖެއެމްވީއަށް މައުލޫމާތު ހިއްސާ ކުރަމުން ބުނީ އެތަނުގެ ގިނަ ގޮނޑިތަކެއްގައި ތައްމަކުނު އަޅާފައިވާ ކަމަށާއި މަކުނު ހަފައިގެން އެތަނުގެ އިސްވެރިންނަށް އެ ޝަކުވާ ހުށައެޅިކަމަށެވެ. މީގެ ކުރިން ވެސް އެ ހޮސްޕިޓަލްގެ ބައެއް ވޯޑްތަކުގައި ބުޅާ ވެސް އަދި މީދާ ވެސް އުޅޭކަމުގެ ޝަކުވާ އާއްމުން ވެފައި ވެއެވެ. އަދި އެފަދަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރު ވެސް ވިއެވެ.

މިކަމާ ގުޅޭ ގޮތުން އައިޖީއެމް ހޮސްޕިޓަލްގެ މީޑިއާ ޑިޕާޓްމަންޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް އޭރު ވިދާޅުވީ، އެފަދަ ކަމެއް ހިނގާފައި ވާނަމަ އެކަން ބަލައި ޕެސްޓްކޮންޓްރޯލް ޓީމުން އެކަން ރަނގަޅުކުރާނެ ކަމަށެެވެ.

ކާޑިއެކް ސެންޓަރުގެ ގޮނޑިތައް ބަދަލުކޮށްފައިވާކަން އެ ހޮސްޕިޓަލްގެ އޮފިޝލަކު ވަނީ ކަށަވަރުކޮށްދީފައެވެ.

އައިޖީއެމް ހޮސްޕިޓަލްގެ ކާޑިއެކް ސެންޓަރު ހިންގަނީ އިންޑިއާގެ މެޑިޓްރިނާ ހޮސްޕޓަލާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް