ކ. މާލެ
|
10 މެއި 2018 | ބުރާސްފަތި 10:41
އަލަށް އިންތިޚާބުވި ބޮޑުވަޒީރު މަހާތީރު ބުދަ ދުވަހުގެ އާއްމު އިންތިޚާބުގައި ވޯޓު ލައްވަނީ
އަލަށް އިންތިޚާބުވި ބޮޑުވަޒީރު މަހާތީރު ބުދަ ދުވަހުގެ އާއްމު އިންތިޚާބުގައި ވޯޓު ލައްވަނީ
ގެޓީ އިމޭޖަސް
މެލޭޝިއާ އާއްމު އިންތިޚާބު
ބޮޑުވަޒީރު ކަމުގެ ހުވާ މަހާތިރު ބުރާސްފަތި ދުވަހު ކުރައްވާ ގޮތަށް ހަމަޖެހިފައި ނުވޭ
މަހާތީރު ވިދާޅުވެފައި ވަނީ އެމަނިކުފާނު ބުރާސްފަތި ދުވަހު ހުވާ ކުރައްވާ ގޮތައް ހަމަޖެހިފައިވާ ކަމަށް

މެލޭޝިއާގައި ބުދަ ދުވަހު ބޭއްވި އާއްމު އިންތިޚާބު ކާމިޔާބު ކުރެއްވި ޑރ. މާހާތީރު ބިން މުހަންމަދު، ބޮޑުވަޒީރުކަމުގެ ހުވާ ބުރާސްފަތި ދުވަހު ކުރައްވާނެކަމަށް ވިދާޅުވެފައިވާއިރު، ބުރާސްފަތި ދުވަހު މަހާތީރު ބޮޑުވަޒީރުކަމުގެ ހުވާ ނުކުރައްވާނެ ކަަމަށް މެލޭޝިއާގެ ރަސްގެފާނުގެ ގަނޑުވަރުކޮޅާއި ހަވާލާދީ ޗެނަލް ނިއުސް އޭޝިއާ އިން ބުނެފިއެވެ. 

މަހާތީރު ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހު މެލޭޝިއާ ގަނޑިން 9:30 ގައި އޮންނާނެ ކަމަށާއި އަދި މި ރަސްމިއްޔާތު ވަގުުތުން ދުރަށް ދައްކާނެ ކަަމަށް ޓީވީ ތަކުން އިޝްތިހާރުވެސް ކޮށްފައިވެއެވެ. މެލޭޝިއާގެ ރަސްގެފާނުގެ ގަނޑުވަރުކޮޅު ނޫނީ އިސްޓަނާ ނެގާރާއަށް ވަދެވެން އޮންނަ މަގުތައް ފުލުހުން ވަނީ ބަންދުކޮށްފައެވެ. 

މެލޭޝިއާގެ ފުލުުހުންގެ އޮފިސަރަކު ޗެނަލް ނިއުސްއޭޝިއާ އަށް ވިދާޅުވެފައި ވަނީ "ގަނޑުވަރުކޮޅުގައި ކަމެއް ނުހިނގާ ކަމަށާއި ސަރުކާރެއް އެކުލަވާލުމުގެ ކަމެއް ނުހިނގާ" ކަމަށެވެ.

މީގެ އިތުރުން މެލޭޝިއާގެ ރަސްގެފާނުގެ ގަނޑުވަރުކޮޅުގެ ކޮމިއުނިކޭޝަން އޮފިސަރާ ހަވާލާދީ ދަ މެލޭ މެއިލްގައި ރިޕޯޓުކޮށްފައި ވަނީ "އާ ބޮޑުބަޒީރު ހުވާކުރުމުގެ ރަސްމިއްޔާތަށް އަދި ތާރީޚެއް ކަނޑަނާޅާ" ކަމަށެވެ. އަދި އޭނާ އާ ހަވާލާދީ އިތުރަށް ބުނީ ހުވާކުރުމުގެ ރަސްމިއްޔާތާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި، ނަމަވެސް ބުރާސްފަތި ދުވަހު ހުވާކުރުމުގެ ރަސްމިއްޔާތު ނޯންނާނެކަން ކަށަވަރު ކަމަށެވެ. 

މީގެއިތުރުން ބްރޯޑްކާސްޓާ ޓީވީ3 އިން ވެސް ބުނެފައި ވަނީ ރަސްގެފާނު ގަނޑުވަރުކޮޅުން، ބުރާސްފަތި ދުވަހު ހުވާކުުރުމުގެ ރަސްމިއްޔާތެއް ނެތްކަން އަންގާފައިވާ ކަަމަށެވެ. 

ބުދަދުވަހު ބޭއްވި އިންތިޚާބު މެލޭޝިއާގެ އިދިކޮޅު ކޯލިޝަނުން (ޕަކަޓަން ހަރަޕަން) ކާމިޔާބު ކޮށްފައިވާއިރު، ބަލިވެވަޑައިގެންނެވި ބޮޑުވަޒީރު ނަޖީބު ރައްޒާގު ނަތީޖާ ގަބޫލުފުޅު ކުރައްވާފަވެ. 

ބުރާސްފަތި ދުވަހު ދެއްވި ތަގުރީރެއްގައި ބޮޑުވަޒީރު ރައްޒާގު ވަނީ ބަލިގަބޫލުކުރެއްވުމުގެ އިތުރަށް އިންތިޚާބުގައި އޮޅުވާލުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. މެލޭޝިއާގައި ދިގު މުއްދަތަކަށް ބަރިސަން ނޭޝަނަލްގެ ވެރިއްގެ ގޮތުގައި ބޮޑުވަޒީރުކަން ކުރެއްވި، މަހާތީރު މުހައްމަދު އިދިކޮޅު ލީޑަރަކަށް ހުންނަވައި އޭނާގެ އައު ކޯލިޝަން، ޕަކަޓަން ހަރަޕަންއިން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑީގެ ތެރެއިން 112 ގޮނޑިއަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް، ޤާނޫނު ހަދާ މަޖިލީހުގެ ސިމްޕަލް މެޖޯރިޓީ ނަގާފައެވެ. 

ބޮޑުވަޒީރު ނަޖީބު ބުރާސްފަތި ދުވަހު ވިދާޅުވީ އެއްވެސް ޕާޓީއަކަށް ސިމްޕަލް މެޖޯރިޓީ ލިބިފައިނުވުމުގެ ސަބަބުން ގައުމުގެ ރަސްގެފާނަށް އާ ބޮޑުވަޒީރަކީ ކޮންބޭފުޅެއްކަން ކަނޑަނޭޅުއްވޭނެ ކަަމަށެވެ. ނަޖީބު އިތުރަށް ވިދާޅުވީ ގައުމަށް ބަދަލުއަންނާނެ ކަން އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށާއި ކަންކަން ރަނގަޅަށް ގެންދަން އެއްބަސްވުމަކަށް އަންނަން ތައްޔާރު ކަމަށެވެ. 

މުޅި ދުނިޔޭގައިވެސް އުމުރުފުޅުން އެންމެ ގިނަ ދުވަސްވީ ލީޑަރުކަމުގެ ހުވާ މަހާތީރު މުހަންމަދު ކުރައްވަން ހަމަޖެހިފައިވާއިރު މިހާރު މަހާތީރުގެ އުމުރުފުޅަކީ 92 އަހަރެވެ. 

 

- ކޮމެންޓް