ހުދުމުޚުތާރު ވެރިކަމާއި ދެކޮޅަށް ތެދުވެ، ސުލްހަވެރިކަމާއިއެކު ވެރިކަން ބަދަލުކުރުމަށް ޑިމާންޑްކުރީތީ މެލޭޝިއާގެ ރައްޔިތުންނަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.
މެލޭޝިއާގެ އާއްމު އިންތިޚާބު ޑރ. މަހާތީރު މުހައްމަދުގެ ޕަކަޓަން ހަރަޕަން ކޯލިޝަނުން ކާމިޔާބުކުރީ ޤާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑީގެ ތެރެއިން 112 ގޮނޑިއަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކޮށްގެންނެވެ.
Congrats to people of Malaysia for standing up against authoritarian rule & demanding peaceful democratic regime change. Congrats to Tun Dr Mahathir Mohamad, Datuk Seri Wan Azizah Wan Ismail, Nurul Izzah Anwar & Datuk Seri Anwar Ibrahim on your historic democratic election win
— Mohamed Nasheed (@MohamedNasheed) May 10, 2018
ރައީސް ނަޝީދު ވަނީ އިންތިޚާބު ކާމިޔާބުކުރައްވައި ބޮޑުވަޒީރުގެ މަޤާމަށް ވަޑައިގަންނަވާ މަހާތީރު މުހައްމަދާއި، އެމަނިކުފާނުގެ ނައިބަކަށް ވަޑައިގަންނަވާ ވަން އަޒީޒާ ވަން އިސްމާއީލް އަދި ވަން އަޒީޒާގެ ފިރިކަލުން އަދި މެލޭޝިއާގެ ކުރީގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް އާއި އެދެމަފިރިންގެ ދަރިކަނބަލުން ނޫރުޒް އިއްޒާ އަންވަރަށް މަރުހަބާ ދަންނަވާފައެވެ.
މެލޭޝިއާގެ އާއްމު އިންތިޚާބުގެ ވޯޓު ގުނާ ނިމިފައިވާއިރު، ބޮޑުވަޒީރުކަމުގައި ހުންނެވި ނަޖީބް ރައްޒާޤްގެ އަމްނޯ ޕާޓީއާއި އެޕާޓީ ހިމެނޭ ބަރިސާން ނޭޝަނަލް ކޯލިޝަނަށް ވަނީ ނާކާމިޔާބީއާއި ކުރިމަތިވެފައެވެ. މެލޭޝިއާއަށް މިނިވަން ލިބުނުފަހުން މިވީ 61 އަހަރު އެޤައުމުގައި ވެރިކަން ކުރީ ބަރިސާން ނޭޝަނަލް އިންނެވެ.