ކ. މާލެ
|
9 މެއި 2018 | ބުދަ 21:21
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރުމަށްފަހު ހާލު ގޯސްވެ، އަލީ ހަމީދު ހޮސްޕިޓަލަށް ގެންދަނީ
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރުމަށްފަހު ހާލު ގޯސްވެ، އަލީ ހަމީދު ހޮސްޕިޓަލަށް ގެންދަނީ
ރާއްޖެ އެމްވީ
ފަނޑިޔާރު އަލީ ހަމީދު
ޝަރީއަތުގައި އިންނެވި އަލީ ހަމީދުގެ ހާލު ގޯސްވެ، ހޮސްޕިޓަލަށް ގެންގޮސްފި
އަލީ ހަމީދު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ނޭވާ ހާސްވުމުގެ ސަބަބުން
މައްސަލައިގެ ހުކުމް އިއްވުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައި
ހުކުމް އިއްވުމުގެ ޝަރީއަތް އެކި ފަހަރުމަތިން ވަނީ ފަސްކޮށްފައި

ރަސްމީ ހައިސިއްޔަތަކުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހުގައި އިންނަވަނިކޮށް، އަލީ ހަމީދުގެ ހާލުކޮޅު ގޯސްވެ، ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

އަލީ ހަމީދުގެ ހާލުކޮޅު ގޯސްވެ، ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކުރެވިފައިވާކަން އޭނާގެ ޤާނޫނީ ވަކީލުން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އަލީ ހަމީދު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ނޭވާ ހާސްވުމުގެ ސަބަބުންކަމަށް ވަކީލުން ވިދާޅުވެ އެވެ. 

ދެ ފަނޑިޔާރުންގެ މައްޗަށް ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތް މިއަދު ފުރަތަމަ ތާވަލްކުރީ ހަވީރަށެވެ. ނަމަވެސް ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތް މިރޭ 7:00 އަށް ފަސްކުރުމަށްފަހު، އަނެއްކާވެސް އެ ޝަރީއަތް މިރޭ 8:00 އަށް ފަސްކުރި އެވެ. އަދި ހުކުމް އިއްވުމަށް ބާއްވާ އެ ޝަރީއަތް މިހާރު ފަސްކޮށްފައިވަނީ މިރޭ 21:30 އަށް ކަމަށް ވަކީލުން ވިދާޅުވެ އެވެ. 

ވަކީލުން ވިދާޅުވީ މިރޭ 21:30 ގައި ބާއްވާ ޝަރީއަތް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ. މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް