ކ. މާލެ
|
9 މެއި 2018 | ބުދަ 16:49
އިންޑިއާއަށް އެރި ވެލީގެ ތޫފާނާއި ގުޅިގެން ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއްވި
އިންޑިއާއަށް އެރި ވެލީގެ ތޫފާނާއި ގުޅިގެން ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއްވި
ގޫގުލް
ރާއްޖެ - އިންޑިއާ
އިންޑިއާއަށް ކުރިމަތިވި ވެލީގެ ތޫފާނާ ގުޅިގެން ރައީސް ޔާމީން ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
މި ތޫފާން އިންޑިއާއަށް އަރާފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު

އިންޑިޔާގެ އެކި ސަރަހައްދުތަކަށް ކުރިމަތިވި ވެލީގެ ތޫފާނާ ގުޅިގެން، އެކަމުގެ ހިތާމައިގައި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ތައުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ޔާމީންގެ މެސެޖުގައި، ވެލީގެ ތޫފާނުގައި އެތައް ބަޔަކު މަރުވެ އެތައްބަޔަކަށް ގެއްލުން ލިބުނު ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ.

އަދި، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރު އޮތީ އިންޑިޔާއާ އެކުގައި ކަމުގައި ވިދާޅުވެ، އިންޑިޔާގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް، އަދި ޚާއްޞަ ގޮތެއްގައި މިޙާދިސާގެ އަސަރު ކުރި ފަރާތްތަކަށް ޙަމްދަރުދީ ފޮނުއްވާފައިވެއެވެ. މީގެ އިތުރުން މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދު ކޮށްދެއްވުމަށާއި، ގެއްލުން ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް ރައީސް ޔާމީންގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.

ވިދާ، ގުގުރުމާއެކު ބާރުގަދަ ހިރަފުހުގެ ތޫފާންތަކެއް އިންޑިއާގެ އެކި ހިސާބުތަކަށް އެރުމާއިގުޅިގެން 116 މީހުން މަރުވެ، 250 ވުރެ ގިނަ މީހުން ޒަހަމްވެފައި ވެއެވެ. މިތޫފާން އަރާފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް