ކ. މާލެ
|
9 މެއި 2018 | ބުދަ 15:50
އުމަރު ނަސީރު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވަނީ
އުމަރު ނަސީރު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ވަކިވެއްޖެ
ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވިކަން އުމަރު ނަސީރު ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައި
އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތީ، އެ ޕާޓީގެ ރިޔާސީ ޓިކެޓު ނުލިބުމާއި ގުޅިގެން
ރިޔާސީ އިންތިހާބުގެ ކެމްޕޭން ފަށައި، އުމަރު ނަސީރު މިހާރު ވަނީ އޭނާގެ ރިޔާސީ ވައުދުތައްވެސް އިއުލާންކޮށްފައި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ. 

އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތީ، އެ ޕާޓީގެ ރިޔާސީ ޓިކެޓު ނުލިބުމާއި ގުޅިގެން މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރުމަށެވެ. ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވިކަން އުމަރު ނަސީރު ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. 

އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތީވެސް އެ ޕާޓީގެ ރިޔާސީ ޓިކެޓު ހޯދުމަށެވެ. އޭރު އުމަރު ނަސީރު ވިދާޅުވެފައިވަނީ ޤާސިމް އިބްރާހިމަށް ވާދަނުކުރެވޭ ހާލަތެއްގައި އެ ޕާޓީގެ ޓިކެޓު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ ހިމެނޭގޮތަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގުޅިފައިވާ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރޭތީވެ، އުމަރު ނަސީރަށް ވަނީ އެ ޕާޓީގެ ޓިކެޓް ލިބިވަޑައިގަންނަވާގޮތް ނުވެފަ އެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕޭން ފަށައި، އުމަރު ނަސީރު މިހާރު ވަނީ އޭނާގެ ރިޔާސީ ވައުދުތައްވެސް އިއުލާންކުރަން ފަށައިފަ އެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ވައުދެއްގެ ގޮތުން އުމަރު ވެވަޑައިގެންފައިވަނީ އަގު ހެޔޮކޮށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ވެވަޑައިގެންނެވި ވައުދު އެވެ. 

އުމަރު ނަސީރު ވިދާޅުވީ، މާލޭގައި އެއް ކޮޓަރިއެއްގައި ވަރަށް ހާލުގައި ރައްޔިތުން ދާއިމީ ގޮތެއްގައި ދިރިއިޅެމުން އަންނަ ކަމަށާއި އެކަން ހައްލުކުރުމަށް ހުރިހާ ސަރުކާރަކުން ވެސް މަސައްކަތްކުރި ކަމަށެވެ. ނަމަވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބި ވަނީ ހުރިހާ ސަރުކާރަކުން ވެސް އެކަމުގައި ވިޔަފާރީގެ މޮޑެލެއް ގެންގުޅިފައިވާތީ ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
9 މެއި 2018 | ބުދަ 12:00
ހާކިމާ
މިޤައުމުގައި ހިނގި ބޮޑެތި ޤަތުލު އާއްމުތައް ހިނގައި ދިޔައީ މީނަގެ ހޯމް މިނިސްޓަރކަށް ހުއްޓައި! ރިލްވާން ގެއްލުމުގެ މައްސަލައާއި ޑރ. އަފްރާޝީމުގެ މައްސަލައަށް އިންސާފު ނުލިބޭ އަދިވެސް؟؟ 29 ދިވެހިން މިވޭތުވެދިޔަ 5 އަހަރު ޤަތުލުކޮށް މާރާލެވުނު އިރު، އުމަރު މިިނިސްޓަރ ކަމުގައި ކުރެވުނީ ކޮންކަމެއްތޯ؟؟ އެ އާއިލާތަކަށް އަދިވެސް އިންސާފެއް ނުލިބެނީ ކީއްވެތޯ؟؟ ބޭރުން ގެނައި ޑޯގުތައް ކޮބައިތޯ؟؟ އެެވެސް ދައުލަތުން ކުރި އިސްރާފެއް؟؟ އެހެންވީމަ، މިއީ ހަކިމާގެ އެޖެންޓެއް!!