ކ. މާލެ
|
9 މެއި 2018 | ބުދަ 11:24
ރިލްވާން މައްސަލާގައި ދައުވާ ލިބޭ މީހުން
ރިލްވާން މައްސަލާގައި ދައުވާ ލިބޭ މީހުން
މުހައްމަދު ޝަރުހާން
ރިލްވާން މައްސަލަ
ސަބަބެއް ނުބުނެ، ރިލްވާންގެ މައްސަލަ ކެންސަލް ކޮށްފި
ދެން އޮތީ ދިފާއީ ހެކި ނެގުން

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލާގައި ބުދަ ދުވަހު ބާއްވަން އުޅުނު ޝަރީއަތް ސަބަބެއް ނާންގައި ކެންސަލްކޮށްފި އެވެ.

ބުދަ ދުވަހުގެ ހެނދުނު 10:00ގައި ފަށަން ތާވަލު ކުރި ޝަރީއަތް ކެންސަލް ކުރީ، އެ މައްސަލާގައި ދައުވާ ލިބޭ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީން ކޯޓަށް ހާޒިރުވިތާ ގަޑިއެއްހާއިރު ފަހުންނެވެ. އެ މައްސަލައިގެ އަޑު އެހުމަށް ކޯޓަށް ދިޔަ ނޫސްވެރިންނަށް އަޑު އެހުން ކެންސަލްވިކަން އެނގުނީ، އާލިފާއި ނޫރައްދީން ކޯޓުން ނުކުމެގެން ދިއުމުންނެވެ. އެ މީހުން ކޯޓުން ނުކުމެގެން ދިޔައީ ކީއްވެތޯ ކޯޓުގެ އޮފިޝަލުންނާ ސުވާލު ކުރުމުން، ސަބަބެއް ނުބުނެ، ޝަރީއަތް ކެންސަލްވެފައިވާ ކަމަށް ނޫސްވެރިންނަށް ކޯޓުން އެންގިއެވެ.

އަންގާރަ ދުވަހު އަޑުއެހުން ބޭއްވީ އާލިފް ރައޫފާއި ނޫރައްދީންނާ ދެކޮޅަށް ދައުލަތުން ހުށަހާޅާފައިވާ ހެކިތައް ހުށަހަޅައި ނިމުމުން ދިފާއުގައި އެ ދެ މީހުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ނަގަން ފުރުސަތު ދިނުމަށެވެ. ޓެރަރިޒަމްގެ އެ ދައުވާ ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ދައުލަތުން އުފުލިއެވެ. ނަމަވެސް ސުއައިދު ރާއްޖޭގައި ނެތުމުން އޭނާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

އޭނާ ރާއްޖެ އިން ބޭރުގައި ހުއްޓާ މަރުވެފައިވާ ކަމަށް އާއިލާ އިން ކޯޓަށް ވަނީ އަންގާފައެވެ. ނަމަވެސް ދައުލަތުން އެކަމަށް ދެކޮޅު ހަދައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
9 މެއި 2018 | ބުދަ 07:39
E kuhjaa
Thihen vaanekan ingey reygaves Nuvanyaa huhtaalabala dhw thihen nuhadhaa