ކ. މާލެ
|
9 މެއި 2018 | ބުދަ 09:04
ރައީސް މައުމޫނުގެ ހާލުކޮޅު ދެރަކަމުން ބުދަ ދުވަހު ވަނީ ކޯޓަށް ހާޒިރު ކުރެވޭގޮތް ނުވެފައި
ރައީސް މައުމޫނުގެ ހާލުކޮޅު ދެރަކަމުން ބުދަ ދުވަހު ވަނީ ކޯޓަށް ހާޒިރު ކުރެވޭގޮތް ނުވެފައި
މުހައްމަދު ޝަރުހާން
ރައީސް މައުމޫނު
ރައީސް މައުމޫންގެ ޝަރީއަތް މިއަދު ވެސް ކެންސަލްކޮށްފި
ބަލި ހާލުކޮޅު ހުރި ގޮތުން ބުދަ ދުވަހު ބާއްވަން ތާވަލުކުރި އަޑުއެހުން ވެސް ވަނީ ކެންސަލުކޮށްފަ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން މިއަދު ވެސް ކެންސަލް ކޮށްފިއެވެ.

މިއަދު 10 އެއްޖަހާއިރު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ އެ އަޑުއެހުން ކެންސަލް ކޮށްފައިވާ އިރު އެ މަނިކުފާނުގެ މައްޗަށް ކުރާ ދައުވާތަކާއި ގުޅިގެން ބުދަ ދުވަހު ބާއްވަން ތާވަލުކުރި އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައެވެ. 

ބުދަ ދުވަހުގެ އަޑުއެހުންތައް ކެންސަލް ކޮށްފައިވަނީ ރައީސް މައުމޫންގެ ހާލުކޮޅު ބޮޑުވެ އެމަނިކުފާނު ހާޒިރު ނުކުރެވުމުންނެވެ. އެމަނިކުފާނުގެ ހާލުކޮޅު ހުރި ގޮތުން ކޯޓަށް ހާޒިރުކޮށް ދެވެން ނެތް ކަމަށް އަންގާފައިވަނީ ފުލުހުންނެވެ. ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން ބުދަ ދުވަހު އޮތް އަޑުއެހުން ކެންސަލް ކުރި ސަބަބު އަދި ނޭނގެއެވެ.


ރައީސް މައުމޫންގެ މައްޗަށް ދަނީ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް