ކ. މާލެ
|
9 މެއި 2018 | ބުދަ 06:34
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުުސެއިން - އޭނާގެ މައްޗަށް ޖުމްލަ 3 ދައުވާއެއް ދައުލަތުން އުފުލާފައިވޭ
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުުސެއިން - އޭނާގެ މައްޗަށް ޖުމްލަ 3 ދައުވާއެއް ދައުލަތުން އުފުލާފައިވޭ
މުހައްމަދު ޝަރުހާން
މެމްބަރު ސައުދު ހުސައިން
މެމްބަރު ސައުދާއި، ހަނީފްގެ މައްޗަށްކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މިއަދު
މައްސަލައިގެ އަޑުއެހުން ތާވަލްކޮޮށްފައިވަނީ މިއަދު 13:00 އަށް
މިއީ މި މައްސަލާގައި ބާއްވާ ފުރުތަމަ އަޑުއެހުން

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންނާއި، އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ހަނީފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފި އެވެ. 

މައްސަލައިގެ އަޑުއެހުން ތާވަލްކޮޮށްފައިވަނީ މިއަދު 13:00 އަށެވެ. މިއީ މި މައްސަލާގައި ބާއްވާ ފުރުތަމަ އަޑުއެހުމެވެ. 

ސައުދާއި، ހަނީފްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާ އެވެ. އެ ދައުވާ އެ މީހުުންގެ މައްޗަށް ކޮށްފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުކުރުމަށްފަހު އެވެ. 

ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގާ ފޮނުވި ޗިޓާއެކު، ސައުދު ޓުވީޓްކުރައްވާފައިވަނީ އެ ދައުވާކޮށްފައިވަނީ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރާތީ ކަމަށެވެ. އަދި ފުލުހުންގެ އިދާރާއިން ފްރޭމްކޮށް، ތަހުޤީޤްކޮށް، ނުހައްޤު ދައުވާއާއި ޝަރީއަތާއި، ޖަލު ގޮޅި ދެކެ ބިރު ނުގަންނަ ކަމަށާއި، ބިރުވެތިވަނީ ﷲ އަށް ކަމަށް ސައުދު ވިދާޅުވި އެވެ. 

ސައުދާއި، ހަނީފްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެެއްޖެނަމަ، ކޮންމެ މީހަކަށް 17 އަހަރާއި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. 

ޓެރަރިޒަމްގެ ދައުވާގެ އިތުރުންވެސް އިތުރު ދެ ދައުވާއެއް ސައުދުގެ މައްޗަށް ކޮށްފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް