ކ. މާލެ
|
9 މެއި 2018 | ބުދަ 01:46
ޝިދާތާ ޝަރީފް
ޝިދާތާ ޝަރީފް
ރާއްޖެ އެމްވީ
ރައްޔިތުންގެ ބަދަލު
ސަރުކާރުން ދަނީ ރައީސް މައުމޫންގެ އާއިލާއަށް ޓާގެޓްކޮށްގެން ކަންކަން ކުރަމުން: ޝިދާތާ
ސަރުކާރަށް ކުރާނެ ފައިދާއެއް ނޯންނާނެ
އުފާކުރަނީ ރައީސް މައުމޫންވެސް ސާބިތުވެ ހުންނަވާތީ
ގުޅިފައިވާ ލީޑަރުން އެއް އަޒުމެއްގައި ކުރިއަށްގޮސް ޔާމީންގެ ވެރިކަން ބަދަލުކުރާތަން ފެންނާނެ

ރައީސް ޔާމީންގެ ސަރުކާރުން ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ޢާއިލާއަށް ޓާގެޓްކޮށް ކަންކަން ކުރަމުންދާކަމަށް ޢަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުޤައްރިރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން އަންގާރަ ދުވަހުގެރޭ މ ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ފުލުސް އޮފީހަށް ގެންދާ ގެންދިއުމަށް އިޝާރާތްކުރައްވާ ޝިދާތާ ވިދާޅުވީ ސަރުކާރުން ވަރަށް ބޮޑަށް ރައީސް މައުމޫންގެ ޢާއިލާއަށް ޓާގެޓްކޮށް ބިރުދެއްކުމުގެ ކަންކަން ކުރަމުންދާ ކަމަށާއި އެކަމަކުން ސަރުކާރަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ.

"ސީދާ ރައީސް މައުމޫންގެ ޢާއިލާއަށް ޓާގެޓްކޮށް ދަނީ ބިރުދެއްކުމުގެ ކަންކަން ކުރަމުން. އެކަމަކު އުފާކުރަނީ ރައީސް މައުމޫންވެސް ސާބިތުވެ ހުންނަވާތީ" ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ ބިރުދެއްކުމަށް ކުރާ ކަންކަމުން ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތައް އެޅޭނެ އެއްވެސް ހުރަހެއް ނެތް ކަމަށާއި ޕާޓީތައް ކުރިއަށްދާނީ ބަދަހިކަމާއެކު ގުޅިގެން ކަމަށެވެ. އަދި ރައީސް ޔާމީން ބަލިކުރާތަން ވަރަށް އަވަހަށް ފެންނާނެކަމަށް ޝިދާތާ ވިދާޅުވިއެވެ.

"ގުޅިފައިވާ ލީޑަރުން އެއް އަޒުމެއްގައި ކުރިއަށްގޮސް ޔާމީންގެ ވެރިކަން ބަދަލުކުރާތަން ފެންނާނެ" ޝިދާތާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް