ކ. މާލެ
|
9 މެއި 2018 | ބުދަ 01:50
އަޙުމަދު ޢަބްދުﷲ ޕްރެސް ދެއްވަނީ
އަޙުމަދު ޢަބްދުﷲ ޕްރެސް ދެއްވަނީ
ރާއްޖެ އެމްވީ
ރައްޔިތުންގެ ބަދަލު
އިލެކްޝަންސް ކޮމިޝަނުން އުޅެނީ ވަކި ޕާޓީއަކަށް ފައިދާކުރުވަން: އަޙުމަދު ޢަބްދުﷲ
ޤާނޫނަށް ބެލުމެއްނެތި ވަކިބަޔަކަށް ކަންކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުން
ޕާޓީތައް ހިންގުމަށް ދަނީ ދަތިކުރަމުން

އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަނީ ވަކި ސިޔާސީ ޕާޓީއެއްގެ ދަފްތަރު ބޮޑުކޮށް އެޕާޓީއަށް ފައިދާވާގޮތައް ކަންކަން ކުރުވުމަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މާލީ އަޙުމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން އަންގާރަ ދުވަހުގެރޭ މ ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އަޙުމަދު ޢަބްދުﷲ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ކަންކުރާ ގޮތުން ކަންބޮޑުވާ ކަމަށާއި އެންމެބޮޑަށް ފާހަގަ ކުރެވެނީ ޤާނޫނަށް ބެލުމެއްނެތި ވަކިބަޔަކަށް ކަންކޮށްދިނުމަށް އުޅޭތަން ކަމަށެވެ. އަދި އިދިކޮޅު ޕާޓީތަކުން ހުށަހަޅާ ފޯމްތައް ބަލައި އަވަހަށް ދަފްތަރުގައި ހިމަނަން މަސައްކަތް ނުކުރާ ކަމަށާއި ވެރިކަންކުރާ ޕީޕީއެމުން ފޯމު ހުށަހެޅުމުން ވަރަށް އަވަހަށް އެކަންކުރާކަމަށް އަޙުމަދު ވިދާޅުވިއެވެ.

"އަދާލަތު ޕާޓީގައި 12 ހާސް މެންބަރުން އެބަތިބި. އެކަމަކު ފައިސާ ނުލިބޭ މިންވަރަށް މީހުން އުނިކުރުމުގެ ޖާގައެއް ނޯންނާނެ. ރައްޔިތުންގެ އަމިއްލަކަމެއް އުޅޭނެ ވަކިޕާޓީއެއް ކަނޑައެޅުން. އެއީ އިލެކްޝަނަށް ކުރެވޭނެ ކަމެއް ނޫން" އަޙުމަދު ޢަބްދުﷲ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ފޮނުވާފައިވާ ސިޓީއަކަށް އިޝާރާތް ކުރައްވާ އަޙުމަދު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ޕާޓީތަކަށް ދިނުމަށް ދޫކޮށްފައިވަނީ 6 މިލިއަން ރުފިޔާ ކަމާއި، އެހެންކަމުން ޕާޓީތަކަށް ދޭންޖެހޭ ފައިސާ އެއްފަހަރާ ނުދެވޭނެކަމަށް އަންގާފައިވާ ކަމަށެވެ. އެކަމަކީ އިލެކްޝަންސް ކޮމިޝަނަށްވެސް އަދި ފިނޭންސް މިނިސްޓްރީއަށްވެސް ކުރެވޭނެ ކަމެއް ނޫންކަމަށް އަޙުމަދު ވިދާޅުވިއެވެ.

"3 މަސްތެރޭ ފައިސާ ދޭންޖެހޭނެ. އެހެންނޫނީ އެވަނީ ޤާނޫނާ ޚިލާފު" އަޙުމަދު ވިދާޅުވިއެވެ.

އަޙުމަދު ވިދާޅުވީ އެކަމަކީ ޕާޓީތައް ހިންގުމަށް ދަތިކުރުން ކަމަށާއި މިކަމުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގައިވެސް އުނދަގޫވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް