ކ. މާލެ
|
8 މެއި 2018 | އަންގާރަ 23:33
ކޮޅުނބުގައި ހުންނަވާ އެމެރިކާ ސަފީރު އަތުލް ކެޝަޕް
ކޮޅުނބުގައި ހުންނަވާ އެމެރިކާ ސަފީރު އަތުލް ކެޝަޕް
ޔޫ.އެސް އެމްބަސީ، ކޮލޮމްބޯ
އެމެރިކާ ސަފީރު
ރާއްޖޭގައި އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެތޯ އެމެރިކާ ސަފީރު ސުވާލު އުފައްދަވައިފި
ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތައް ޖަލަށް ލާފައިވާކަން ފާހަގަކުރެއްވި

ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެކަމާއިމެދު އެމެރިކާއިން ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ސުވާލު އުފައްދަވައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ކެޝަޕް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގެ ސިޔާސީ ހާލަތު އެންމެ ޓުވީޓަކުން ތަފްޞީލްކޮށްދެއްވާފައެވެ. އެގޮތުން ޤާނޫނު އަސާސީއިން ލިބިދީފަިއވާ ހައްޤުތަކާއި ޒިންމާތައް އަދާކޮށްގެން މިހާރުވެސް ކުރީގެ ރައީސަކާއި، ސުޕްރީމް ކޯޓުގެ އުއްތަމަފަނޑިޔާރަކާއި، ނައިބު ރައީސަކާއި، އިންތިޚާބުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކާއި، ސިޔާސީ ޕާޓީއެއްގެ ލީޑަރެއް ޖަލަށް ލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިކަންކަން ފާހަގަކުރައްވައި ސަފީރު އަތުލް ކެޝަޕް ވަނީ މި ޙާލަތުގައި ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ.

ކެޝަޕްއަކީ ސަރުކާރުން ޤާނޫނާއި ޚިލާފަށް ކުރާ ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ، އަދި ރާއްޖޭގެ މަސްރަހު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ބޭފުޅެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް