ކ. މާލެ
|
8 މެއި 2018 | އަންގާރަ 23:09
ޤާނޫނީ ވަކީލް އަލީ ހުސެއިން (ވ)، ވަކީލް ހުސެއިން ޝަމީމާއެކު
ޤާނޫނީ ވަކީލް އަލީ ހުސެއިން (ވ)، ވަކީލް ހުސެއިން ޝަމީމާއެކު
މުހައްމަދު ފަޒީން
އަލީ ހުސައިން
ޖެމްސް މެދުވެރިކޮށް މައްސަލަ ހުށައެޅުން ސުޕްރީމް ކޯޓުގެ މައްޗަކަށް ލާޒިމެއް ނުކުރެވޭނެ: އަލީ ހުސެއިން
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަންޖެހޭ އުސޫލު ސުޕްރީމް ކޯޓުން ކަނޑައަޅާފައިވޭ
އުއްތަމަ ފަނޑިޔާރުގެ މައްޗަށް އިއްވި ހުކުމަކީ ހުކުމަކީ މައުޟޫއީ އަދުލުވެރިކަންވެސް އަދި އިޖުރާއީ އަދުލުވެރިކަންވެސް ޤާއިމްނުވާ ހުކުމެއް
މިއީ ހަޤީޤަތުގައިވެސް ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމުގައި ޖެހުނު ވަރަށް ބޮޑު ކަޅު ލަށްގަނޑެއް

ގަވަމެންޓް އީލެޓަރ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް) މެވެރިކޮށް މައްސަލަ ހުށަހެޅުން ސުޕްރީމް ކޯޓުގެ މައްޗަށް ލާޒިމެއް ނުކުރެވޭނެ ކަމަށާއި، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ އުސޫލުތައް ކަނޑައަޅާނެ ފަރާތަކީވެސް ސުޕްރީމް ކޯޓުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ "ބޮޑު ސުވާލު" ޕްރޮގްރާމްގައި އަންގާރަ ދުވަހުގެ ރޭ ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަންޖެހޭ އުސޫލު ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަމަށެވެ. އަދި މައްސަލަ ހުށަހަޅާނެ އުސޫލު ކަނޑައަޅާނެ ފަރާތަކީވެސް ސުޕްރީމް ކޯޓުކަމަށާއި، މައްސަލަ ހުށަހަޅަންޖެހޭ ވަކިގޮތެއް އެއްވެސް ފަރާތަކަށް ސުޕްރީމް ކޯޓުގެ މައްޗަށް ލާޒިމެއް ނުކުރެވޭނެކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އެހެންކަމުން ޖެމްސް މެދުވެރިކޮށް މައްސަލަ ހުށަހެޅުމަށް ސުޕްރީމް ކޯޓުގެ މައްޗަށް ލާޒިމް ނުކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ. 

"އެހެންކަމުން ސުޕްރީމް ކޯޓަށް ސިޓީ ހުށަހަޅައި، ސިޓީ ބިޓީ ބަލައިގަންނާނެ ގޮތާއި، މައްސަލަ ހުށަހަޅަންޖެހޭނެ ގޮތާއި މި ހުރިހާ އެއްޗެއް ކަނޑައަޅާނީ ސީދާ ސުޕްރީމް ކޯޓުން އިނގޭތޯ. އަދި ސުޕްރީމް ކޯޓަކީ އެއްވެސް ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުގައި ހުންނަ ކޯޓެއް ނޫން. އަދި އެޓާނީ ޖެނެރަލްގެ އޮފީހުގެ ދަށުގައި ހުންނަ ކޯޓެއް ނޫން. ސުޕްރީމް ކޯޓަކީ މިނިވަން މުސްތަޤިއްލު ތަނެއް. އެހެންވީމަ، އިންޓަރނެޓް މެދުވެރިކޮށް ސިޓީ، މައްސަލަ ހުށަހެޅޭކަމަށްވަންޏާ އާންމު ރައްޔިތުންނަށްވެސް އެގޮތަށް މައްސަލަ ހުށައެޅެންޖެހޭނެ،" އަލީ ހުސެއިން ވިދާޅުވި އެވެ. 

ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެންގެވިކަން ސާބިތުވާކަމަށް ކަނޑައަޅައި، އެމަނިކުފާނު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ އަންގާރަ ދުވަހު ހުކުމްކޮށްފަ އެވެ. އެ ހުކުމަށް އިޝާރަތްކުރައްވާ ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ އެ ހުކުމަކީ މައުޟޫއީ އަދުލުވެރިކަންވެސް އަދި އިޖުރާއީ އަދުލުވެރިކަންވެސް ޤާއިމްނުވާ ހުކުމެއް ކަމަށެވެ.  

އަލީ ހުސެއިން ވިދާޅުވީ ހުކުމެއް، ހުކުމަކަށްވަނީ ޑިއު ޕްރޮސެސް ފުރިހަމަވެގެން ކަމަށާއި، އެހެން ނޫންކަމުގައިވާނަމަ އެއީ ހުކުމަކަށް ނުވާނެ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އިއްވާފައިވަނީ އެފަދަ، ހުކުމަކަށް ނުވާ ޒާތުގެ ހުކުމެއްކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. 

"އެހެންވީމަ މައުޟޫއީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން ޤާއިމްވެފައިނުވާ ހުކުމެއް މިގޮތަށް އުއްތަމަ ފަނޑިޔާރެއްގެ މައްޗަށް، އުއްތަމަ ފަނޑިޔާރުގެ މަޤާމު ގެއްލިފައިނުވާ ބޭފުޅެއްގެ މައްޗަށް ހަމައެކަނި ކުރެއްވި ހުކުމަކާއި ގުޅިގެން މި ދެންނެވީ، ފެބުރުއަރީ 1 ގައި ކުރެއްވި ހުކުމަކާއި ގުޅިގެން މިގޮތަށް ހުކުމް ކުރެވިގެންދިޔައީމައި އަޅުގަނޑުމެން ދަންނަވަންޖެހޭނީ މިއީ ހަޤީޤަތުގައިވެސް ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމުގައި ޖެހުނު ވަރަށް ބޮޑު ކަޅު ލަތްގަނޑެކޭ،" އަލީ ހުސެއިން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
9 މެއި 2018 | ބުދަ 04:00
ޖުޑީޝަރީ
ކޯޓުގެ ހުކުމުގަ ނުބުނޭ ޖެމްސް މެދުވެރިކޮށް މައްސަލަ ހުށަހަޅަންޖެހޭ ވާހަކައެއް. ހުކުމް އޮޅުވާލަން ވަރަށް ބޮޑަށް މަސައްކަތް ތިކުރަނީ. ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ ޖެމްސްގެ ޚިދުމަތް މެދުކަނޑާލި ކަމުގެ ވާހަކަ. ސުޕްރީމް ކޯޓަށް ސިޓީ ފޮނުވަން އޮތް އެއް ވަސީލަތް ހުއްޓުވާލި ވާހަކަ. ސުޕްރީމް ކޯޓުންވެސް މައްސަލަ ހުށަހަޅާނެ ގޮތާއި، ސިޓީ ފޮނުވައި ސިޓީ ބަލައިގަތުމުގައި ޢަމަލުކުރާ އުޞޫލުތަކެއް އެ ކޯޓުގައި އޮވޭ. ސިޓީ ފޮނުވުމާއި، ސިޓީ ބަލައިގަތުމަށް އޮންނަ ވަސީލަތަކީ ޖެމްސް މެދުވެރިކޮށް. ދެން އުއްތަމަ ބޭނުންވީމާ ޖެމްސް ހުއްޓުވާފަ، އުއްތަމަ އަމުރު ފޮނުވަންވީމާ ޖެމްސް ގުޅާފަ. އެ ސަކަރާތް ޖެހުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ދެވިގެން ނުވާޏެ. އެއީ ދައުލަުގެ ވަސީލަތެއް. އެކަން ހުއްޓުވާލީ އަމިއްލަ ފައިދާއަށް. ކޮންމެ މީހަކަ ކުރިޔަސް ކުށެއްވާނީ ކުށަކަށް.
9 މެއި 2018 | ބުދަ 03:29
ރަޝީދު
އަލީ ހުސައިން ތިޔަހުރީ ހަމަހޭގަތޯ؟ ބަލަ އުއްތަމައަށް ހުކުމް ކުރީ، ޖެމްސްއިން މައްސަލަ ހުށަނޭޅިގެނެއްޅިނެއް ނޫނެ. ރައީސް ޖުމުހޫރިއްޔާ ސްޕްރީމް ކޯޓާށް ފޮނުއްވި ސިޓީތަށް ބަލައި ނުގަނެ، ޖެމްސް ހުއްޓުވާފައި އޮތުމުންނޭ ދައުވާކުރީ، އެއަށް ކިޔަނީ ސަރުކާރުގެ ވާޖިބަށް ހުރަސް އެޅުން، ތިމާ ވަރުގެ ގާނޫނު އެނގޭ މީހަކު ނެތިގެން، މިއުޅެނީ....