Advertisement
ކ. މާލެ
|
10 ޖެނުއަރީ 2017 | އަންގާރަ 04:13
ކްލާސްރޫމްގައި ދަރިވަރުން ކިޔަވަނީ
ކްލާސްރޫމްގައި ދަރިވަރުން ކިޔަވަނީ
ގޫގުލް
އައު އަހަރުގެ ކިޔެވުން ފެށުން
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި 78000 ދަރިވަރުން ތައުލީމް ހާސިލްކުރާނެ
މިއަހަރު 217 ސްކޫލެއްގައި ކިޔަވައިދޭނެ
ސްކޫލްތަކުގައި 7700 ޓީޗަރުން މިއަހަރު ހަރަކާތްތެރިވާނެ

2017ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފިއެވެ.

 

ދިރާސީ އާ އަހަރުގެ ކިޔެވުން އާދިއްތަ ދުވަހު ފެށުނު އިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހަތްދިހަ އަށްހާސް ()78000) ދަރިވަރުން ތައުލީމް ހާސިލްކުރާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މައުލޫމަތު ދެއެވެ. މީގެ ތެރެއިން 74000 ދަރިވަރުންނަނީ ސަރުކާރު ސްކޫލްތަކުގައި ތައުލީމް ހާސިލް ކުރަމުން ދާ ދަރިވަރުން ކަމަށް މިނިސްޓްރީން ބުނެއެވެ.

 

ހަތްހާސް ހަތްސަތޭކަ  ޓީޗަރުން މިއަހަރު ހަރަކާތްތެރިވާނެ ކަމަށާއި އޭގެ ތެރޭގައި 5،700 ދިވެހި ޓީޗަރުން ހިމެނޭ ކަމަށް މިނިސްޓްރީން މައުލޫމަތުދެއެވެ.

 

ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ ޕްރީ ސްކޫލްތަކުގައި 12،454 ދަރިވަރުން ތައުލީމްހާސިލް ކުރަމުންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް