ޗައިނާ ކޮމިނިއުސްޓް ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި އަދި އެޕާޓީގެ ލީޑަރަކަށްވުމަށް ނަން ހުށަހެޅުނު އޮފިޝަލެއް ރިޝްވަތުގެ މައްސަލާގައި އުމުރު ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
ޗައިނާގެ ރައީސް ކޮރަޕްޝަނާއި ދެކޮޅަށް ހިންގަވަމުން ގެންދަވާ ހަރަކާތުގައި އެންމެ ފަހުން ހައްޔަރު ކޮށްފައިވާ މިއޮފިޝަލަކީ ވެރިކަން ކުރާ ޕާޓީގެ ސިޔާސަތު އެކުލަވައިލުމުގެ ކޮމިޓީގައި ވެސް އުޅުއްވި ބޭފުޅެކެވެ.
ސަން ޖެންޕެއި ވަނީ ރިޝްވަތުގެ ގޮތުގައި 26.7 މިލިއަން ޑޮލަރަށްވުރެ ވެސް (19.8 މިލިއަން ޕައުންޑް) ގިނަ ފައިސާ ނަގައިފާކަން ސާބިތުވާ ކަމަށް ކޯޓުން ނިންމައިފައެވެ.
ޗައިނާގެ ހުޅަގު ދެކުނުގައި އޮންނަ ކޯންޗިން ސިޓީގައި ޕާޓީގެ އިސް ވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ޖެންޕައި ވަނީ އެބޭފުޅާއާއި ދެކޮޅަށް އުފުލިފައިވާ ދައުވާތަކަށް އެއްބަސްވެ ރިޝްވަތު ނެގިކަމަށް އޭޕްރިލް މަހު އިއުތިރާފްވެ ވަޑައިގެންފައެވެ.
ދައުލަތުގެ މީޑިއާއިން ވަނީ ޖެންޕައި ނަހަމަ ގޮތުގައި ހޯދި ފައިސާއާއި މުދާތައް ދައުލަތައް ނަގަން ނިންމައިފައިވާކަން ހާމަކޮށްފައެވެ.
ޗައިނާގެ ރައީސް ކޮރަޕްޝަނާއި ދެކޮޅަށް ކުރައްވަމުން ގެންދަވާ ހަނގުރާމައިގައި މިލިއަނަކަށް ވުރެ ގިނަ އޮފިޝަލުންގެ މައްޗަށް ވަނީ ކުށްސާބިތުވެ އަދަބު ލިބިފައެވެ.
ފާޑުކިޔާ ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި ރައީސްދަނީ ކޮރަޕްޝާނާއި ދެކޮޅަށް ކުރަމުން ގެންދަވާ ހަރަކާތް ބޭނުންކޮށްގެން އިދިކޮޅުފަރާތްތަކުގެ އަޑުކަޑުވަމުންނެވެ.