ކ. މާލެ
|
8 މެއި 2018 | އަންގާރަ 15:36
އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު ޑރ. އަބްދުލް މުހުސިން މުހައްމަދު
އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު ޑރ. އަބްދުލް މުހުސިން މުހައްމަދު
ރާއްޖެއެމްވީ
ޑިސްކަވަރ ހޮސްޕިޓަލިޓީ
ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފި
25 ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް 15 ބައިވެރިންނަށް ސްކޮލަޝިޕް ވަނީ ހަވާލުކޮށްދީފައި
ވަރަށް އަވަހަށް ތިމާވެއްޓައި އިންސާނާގެ ދުޅަހެޔޮކަމާ ގުޅުންހުރި ޕްރޮގްރާމެއް ފަށާނެ

ވިލާ ކޮލެޖް އަދި ޔުނިވަރސަލް އެންޓަޕްރައިސަސް ގުޅިގެން ހިންގި ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

ހޮޓެލް ޖެންގައި އަންގާރަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ވަނީ ޖުމްލަ 25 ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް 15 ބައިވެރިންނަށް ސްކޮލަޝިޕް ހަވާލުކޮށްފައެވެ. ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު ޑރ. އަބްދުލް މުހުސިން މުހައްމަދު އަދި ޔުނިވަރސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު ވިދާޅުވީ ހޮޓެލް އިންޑަސްޓްރީތަކުން މިފަދަ ޓްރެއިނިންގްތައް ކުރިއަށް ގެންދެވެން އޮތްއިރު އިންސްޓިއުޓްތަކާ ގުޅިގެން ޓްރެއިނިންގް ތައް ކުރިއަށް ގެންދިއުމަކީ އިތުރު ފުރިހަމަކައެއް ލިބިގެން ދާނެކަމެއް ކަމަށެވެ. އަދި ޔުނިވަރސަލް ފައުންޑޭޝަންއިން ހޯދާފައިވާ ކާމިޔާބީތަކަށް ޑރ. މުހްސިން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މަރުހަބާ ދަންނަވާފައެވެ.

ޔުނިވާސަލް އެންޓަޕްރައިސަސް ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވިދާޅުވީ ޓްރެއިނިންގް ކިތަންމެވަރަކަށްވެސް ދެވިދާނެ ކަމަށާއި ކާމިޔާބު ކުރުން އޮތީ އެކުއްޖެއްގެ އަތްމަތީގައި ކަމަށެވެ. އަދި މިފަދަ ފުރުސަތެއް ލިބިފައިވާއިރު ފަސްޖެހިގެން ނުވާނެކަމަށްވެސް އޭނާ ވިދާޅުވެފައެވެ.

މި ޓްރެއިނިންގް ޕްރޮގްރާމް ޓުއަރިޒަމް ދާއިރާއަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް މޭޖަރ ހުރިހާ އޭރިއާއަކުންވެސް މި ޕްރޮގްރާމްގެދަށުން ތަމްރީން ލިބިގެން ދާނެއެވެ. އަދި މި ޕްރޮގްރާމް ހަ މަސްދުވަހަށް ކުރިއަށް ދާއިރު ތިއަރީ އާއި ޕްރެކްޓިކަލް ބައި ހިމެނެއެވެ. ޔުނިވަރސަލް ފައުންޑޭޝަންގެ ރައީސް އިޔާޒް ވަހީދު ވިދާޅުވީ މުސްތަޤްބަލުގައި ވަރަށް އަވަހަށް ތިމާވެއްޓައި އިންސާނާގެ ދުޅަހެޔޮކަމާ ގުޅުންހުރި ޕްރޮގްރާމެއް ފަށާނެކަމަށެވެ.

ޔުނިވަރސަލް އެންޓަރޕްރައިސަސް ރަސްމީކޮށް ހުޅުވާފައި ވަނީ 2013 ވަނަ އަހަރުއެވެ. ޔުނިވާސަލް އެންޓަޕްރައިސަސް އުފެދުނީއްސުރެ ދަނީ ސީ.އެސް.އާރް ގެ ދަށުން ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް