ކ. މާލެ
|
8 މެއި 2018 | އަންގާރަ 11:43
އޭސީއާރުސީ ޓްރައިނިންގ ޕްރޮގްރާމްގެ ތެރެއިން
އޭސީއާރުސީ ޓްރައިނިންގ ޕްރޮގްރާމްގެ ތެރެއިން
އޭސީސީ
އެންޓި ކޮރަޕްޝަން ކޮމިޝަން
އޭސީއާރުސީ ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް އޭސީސީގެ އޮފިޝަލަކު ސައުތު ކޮރެއާއަށް
ޓްރައިނިންގ އޮތީ މިމަހުގެ 7 އިން 16 އަށް

ސައުތު ކޮރެއާގެ ސޯލް އަދި ސެޖޮންގގައި ކުރިއަށްދާ “އޭސީއާރުސީ ޓްރެއިނިންގ ފޯރ އިންޓަނޭޝަނަލް އެންޓި-ކޮރަޕްޝަން ޕްރެކްޓިޝަނާސް”ގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ބައިވެރިވެއްޖެއެވެ.

މި ޓްރޭނިންގ ޕްރޮގްރާމުގައި އޭސީސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ލީގަލް އޮފިސަރ، މުހައްމަދު ނިޝާތު ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ 2018 އެޕްރީލް 07 ން 16 އަށް، ކޮރެއާގެ އެންޓި-ކޮރަޕްޝަން އެންޑް ސިވިލް ރައިޓްސް ކޮމިޝަން އިން ކުރިއަށްގެންދާ މި ޓްރެއިނިންގގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ނިޒާމު ހަރުދަނާކޮށް ތަންފީޒީ ނިޒާމު ވަރުގަދަ ކުރުމެވެ. މި ޕްރޮގްރާމުގެ ހުރިހާ ޚަރަދެއް ހަމަޖައްސާދެއްވާފައިވަނީ ކޮރެއާ ސަރުކާރުގެ ފަރާތުންނެވެ.

އޭސީސީން ބައިނަލް އަގްވާމީ އެކިއެކި ޓްރެއިނިންގތަކުގައި ބައިވެރިވި ނަމަވެސް އެ ކޮމިޝަނުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަމުންދާތަން ނުފެއެވެ. އަދި އެކޮމިޝަނުގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުން ސުވާލު އުފައްދަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް