ކ. މާލެ
|
8 މެއި 2018 | އަންގާރަ 11:41
އެންޓި-ކޮރަޕްޝަން ކޮމިޝަން
އެންޓި-ކޮރަޕްޝަން ކޮމިޝަން
ސަން އޮންލައިން
އެންޓި ކޮރަޕްޝަން ކޮމިޝަން
އޭސީސީގައި މިއަހަރު ފުރަތަމަ ތިން މަސްދުވަހު ރަޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ
މިއަހަރު ފުރަތަމަ ތިން މަހު 280 މައްސަލަ
މިދިއަ އަހަރު ފުރަތަމަ ތިން މަހު 274 މައްސަލަ
މިދިއަ އަހަރާއި މިއަހަރުވެސް ފުރަތަމަ ތިންމަހު ތަހުގީގު ކުރުމަށް ނިންމާފައިވަނީ 248 މައްސަލަ

މިއަހަރުގެ ފުރަތަމަ ތިންމަހުގެތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ އެވެ. 

އޭސީސީން ބުނީ މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހުގެ ތެރޭގައި، އޭސީސީއަށް ހުށަހެޅިފައިވާ 162 މައްސަލައާއި އޭސީސީން އިސްނަގައިގެން ބަލަންފެށި 118 މައްސަލައާއެކު ޖުމްލަ 280 މައްސަލަ ރަޖިސްޓްރީކުރެވިފައިވާ ކަމަށެވެ.

އޭސީސީން ބުނިގޮތުގައި ގޮތުގައި 2017 ވަނަ އަހަރު ފުރަތަމަ ތިން މަހުގެ ތެރޭގައި ރަޖިސްޓްރީ ކުރެވިފައިވަނީ 274 މައްސަލައެވެ. މިއީ 2017 ވަނަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 2.19 އިންސައްތައިގެ އިތުރުވުމެކެވެ.

ކޮމިޝަނުގައި ރަޖިސްޓްރީކުރެވުނު މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު، 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ތަހުގީގު ކުރުމަށް ނިންމީ 248 މައްސަލައެވެ. 2017 ވަނަ އަހަރު އެމުއްދަތުގައި ވެސް ތަހުގީގު ކުރުމަށް ނިންމާފައިވަނީ 248 މައްސަލަ ކަމަށް ވެސް އޭސީސީން ބުނެއެވެ.

އަދި ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ އިޚުތިޞާސްގެ ތެރޭގައި ނުހިމެނޭ މައްސަލަތައް އެ އިޚުތިޞާސް އޮންނަ ކަމާގުޅޭ އިދާރާއަކަށް ފޮނުވަމުންދާ އުޞޫލުގެދަށުން، މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް 16 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުނެއެވެ. އަދި 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކޮމިޝަނުން އެހެނިހެން އިދާރާތަކަށް ފޮނުވާފައިވަނީ 20 މައްސަލަ ކަމަށްވެސް އޭސީސީން ބުނެއެވެ.

މީގެއިތުރުން، ކޮމިޝަނުގެ އިޚުތިޞާސްގެ ތެރޭގައި ނުހިމެނޭތީއާއި، އެކަށީގެންވާ ވަރަށް މަޢުލޫމާތު ލިބިފައިނުވާތީ، 36 މައްސަލަ މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް ނުބަލާ ދޫކޮށްލާފައިވާއިރު، 2017 ވަނަ އަހަރުގެ އެމުއްދަތުގައި ނުބަލާ ދޫކޮށްލާފައިވަނީ 34 މައްސަލަ ކަމަށް ވެސް އޭސީސީން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް