ކ. މާލެ
|
8 މެއި 2018 | އަންގާރަ 07:13
އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
ގޫގުލް
ޖޭމްސް ޑޯރިސް
ބޮޑުންގެ ޝަރީއަތް ކުރިއަށް ގެންދަނީ އުސޫލްތަކާ ހިލާފަށް ކަމަށް ޝަކުވާ ލިބޭ:ޑޯރިސް
ހުރިހާ ގައުމެއްގެ ރައްޔިތުންވެސް ވަކިކޮޅަކަށް ނުޖެހޭ މިނިވަން ކޯޓުތަކެއް ބޭނުންވާނެ

ފަނޑިޔާރުންގެ މައްސަލާގައި ކޯޓުތަކުގެ އުސޫލުތަކާއި ހިލާފަށް ކަންތައްކުރާކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބުނު ކަމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެއެވެ. 

ސަފީރު ޖޭމްސް ޑޯރިސް ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ކުރުއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިނިވަން، ވަކި ފަރާތަކަށް ނުޖެހޭ ޝަރުއީ ނިޒާމެއް ކޮންމެ ގައުމަކަށް ވެސް ބޭނުންވާ ކަމަށެވެ. އަދި ރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނާއި ސިޔާސީ ބޭފުޅުންގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމުގައި އިޖުރާއަތްތަކާއި ކޯޓްގެ އުސޫލްތަކާ ހިލާފަށް އަމަލުރާކަމުގެ ޝަކުވާ ވަރަށް ގިނަ ފަރާތްތަކުން ލިބިފައިވާ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ. 

ޖޭމްސް ޑޯރިސްގެ ދަތުރުފުޅުގައި ރާއްޖޭގެ ފޮރިން ސެކެޓްރީ އަހުމަދު ސަރީރު އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އޮފިޝަލުންނާއި ވަނީ ބައްދަލުކުރައްވާފައެވެ.  

ޖޭމްސް ޑޯރިސް އޭޕްރިލް މަހު ކުރެއްވި ޓުވީޓެއްގައިވެސް ވަނީ ޝަރުއީ ދާއިރާއަށާއި، ހިނގަމުންދާ ޝަރީޢަތްތަކަށް ސިޔާސީ ފަރާތްތަކުން ނުފޫޒު ނުފޯރުވުމަށް ގޮވާލައްވާފައެވެ. އަދިއެކަން އެގޮތަށް ކުރަންޖެހެނީ އެންމެހާ ދިވެހި ރައްޔިތުންގެ ޙައްޤުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ޓްވީޓްގައި ޑޯރިސް އިތުރަށް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ސިޔާސީ އެކި ފަރަތްތަކާއި، އެހެންވެސް ފަރާތްތައް ހައްޔަރުކޮށް ޖަލަށްލައި، އެފަރާތްތަކުގެ މައްޗަށް ދައުވާ ކުރަމުންދާއިރު، މި ދަނޑިވަޅުގައި ޤައިދީންގެ ޙައްޤުތަކަށް އިޚުތިރާމުކޮށް، އެ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށް ދެކިލައްވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް