ކ. މާލެ
|
7 މެއި 2018 | ހޯމަ 22:53
ކުރީގެ ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދު: އޭނާ ވަނީ ޔޫތު މިނިސްޓްރީއަށް ބަދަލުކޮށްފައި
ކުރީގެ ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދު: އޭނާ ވަނީ ޔޫތު މިނިސްޓްރީއަށް ބަދަލުކޮށްފައި
ހަވީރު
ކުރީގެ ސީޕީ ހުސެން ވަހީދު
ހުސެއިން ވަހީދު ޔޫތު މިނިސްޓްރީއަށް ބަދަލުކޮށްފި
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ނާއިފް ޝައުކަތު ވަނީ ހައުސިންގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖައްސަވާފައި

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ކުރީ ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދު ޔޫތު މިނިސްޓްރީއަށް ބަދަލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުސެއިން ވަހީދު އައްޔަނު ކުރައްވާފައިވަނީ ޕޮލިސް ކޮމިޝަނަރަކަށް ހުންނަވަނިކޮށް އެ މަޤާމުން ވަކިކުރެއްވުމަށްފަހުގަ އެވެ. ހުސެއިން ވަހީދު ޕޮލިސް ކޮމިޝަނަރުގެ މަޤާމުން ވަކިކުރީ، ފުލުހުންގެ އިދާރާތެރޭގައި ކޮރަޕްޝަން އޮތްކަމަށް ރައީސުލްޖުމްްހޫރިއްޔާ ތުހުމަތު ކުރެއްވުމަށްފަހު 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. 

ހުސެއިން ވަހީދު ޔޫތު މިނިސްޓްރީއަށް ބަދަލު ކޮށްފައިވާކަން ރައީސް އޮފީހުން ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ. ނަމަވެސް އެ ބަދަލު ގެނައި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. 

މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ނާއިފް ޝައުކަތު -- ފޮޓޯ: އަވަސް

ހުސެއިން ވަހީދުގެ އިތުރުން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ނާއިފް ޝައުކަތު ވަނީ ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖައްސަވާފައެވެ. މި ސަރުކާރު ފެށުނީއްސުރެ ނާއިފް ހުންނެވީ ޔޫތު މިނިސްޓްރީގަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
8 މެއި 2018 | އަންގާރަ 16:56
ބިރު
kalogaya
8 މެއި 2018 | އަންގާރަ 05:04
ފަސީ
ބަލަ ކޮރަޕްޓް ވެފަ ހުރި ކަމަށް ޝައްކު ކުރެވޭ މީހުން ކީއްކުރަން ފަހަރަކު ގެއަކަށް ބަދަލުކުރަމުން މިދަނީ. މަނާ މަންތިރި ކުރަންތަ މިއުޅެނީ<