ކ. މާލެ
|
7 މެއި 2018 | ހޯމަ 20:30
އިނގިރޭސި ސަފީރު އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރައްވަނީ
އިނގިރޭސި ސަފީރު އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރައްވަނީ
އެމްޑީޕީ
ޖޭމްސް ޑޯރިސް
އިންތިޚާބުގެ މިނިވަންކަން ކަނޑައަޅާނީ ވޯޓުލާ ދުވަހު އެކަންޏެއް ނޫން: އިނގިރޭސި ސަފީރު
ބޭނުން ކެންޑިޑޭޓެއް ކަނޑައެޅުމުގެ ފުރުސަތު ޕާޓީތަކަށް ލިބިދޭން ޖެހޭ
އިދިކޮޅު ފަރާތްތަކާއިވެސް ބައްދަލުކުރެއްވި

އިންތިޚާބެއްގެ މިނިވަންކަން ކަނޑައަޅާނީ ހަމައެކަނި ވޯޓުލާ ދުވަހު ނޫންކަމަށް ދިވެހި ސަރުކާރާއެކު އެއްބަސްވެވޭކަމަށް އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިވެހި ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު އާއިއެކު ބޭއްވެވި ބައްދަލުވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ޑޯރިސް ވިދާޅުވީ އިންތިޚާބުގެ ކުރިން އޮންނަ ދުވަސްތަކުގައި ޕާޓީތަކަށް އެޕާޓީތަކުން ބޭނުންވާ ކެންޑިޑޭޓުން ކަނޑައެޅުމާއި، ޖަލްސާތަކާއި އެއްވުންތައް ބޭއްވުމާއި، ފައިސާއާއި ވަޞީލަތްތައް ލިބޭނެ މަގުތައް ތަނަސްވުމާއި، ޓީވީތަކުން ހަމަހަމަ ފުރުސަތު ލިބުމަކީވެސް އިންތިޚާބެއްގެ މިނިވަންކަން ކަނޑައެޅުމަށް މުހިއްމު ކަންތައްތައް ކަމަށެވެ. 

ޖޭމްސް ޑޯރިސް ވަނީ ފޮރިން ސެކްރެޓަރީގެ އިތުރުން އިދިކޮޅު ފަރާތްތަކާއިވެސް ބައްދަލުކުރައްވާފައެވެ. 

މި ބައްދަލުވުމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އެމްޑީޕީއިން ބުނީ ސަފީރު ޑޯރިސްއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ފަހުގެ މައުލޫމާތު އަރުވާފައިވާކަމަށެވެ.

ޑޯރިސް ވަނީ މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރުމާއި ގުޅިގެން ކޮޅުނބުގައި ތިއްބަވާ ވިލާތުގެ އިއްތިޙާދުގެ ބައެއް ސަފީރުންނާއިއެކު ފެބްރުއަރީ މަހު ކުރީކޮޅުވެސް ރާއްޖެއަށް ވަޑައިގެންފައެވެ. އެހެން ނަމަވެސް ސަރުކާރުން ސަފީރުންނާއި އެފަހަރު ބައްދަލުކުރައްވާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
8 މެއި 2018 | އަންގާރަ 09:28
ފަސީ
ކޮބާ. އާޒިމާ އިސްކޫރު މިކަމާގުޅިގެން ވިދާޅުވަނީ ކީކޭތޯ. އެކަމަނާގެ ބަސްފުޅަކީ ދިވެހިރާއްޖޭގެ ގާނޫނު އަަސާސީފަދަ އެއްޗެއް