ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޮލުގެ ފެނުމަށް އަސަރުކޮށް، ކަޅީގެ ދެފަރާތުން ފެނުން ދަށްވަމުންދާކަމަށް އަދީބު ވިދާޅުވެފައިވާކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެއެވެ.
ދިގު މުއްދަތަކަށް ޖަލަށް ހުކުމްކޮށްފައިވާ އަދީބުގެ ލޮލުގެ ފެނުން ދަށްވަމުން ދާތީ ކަންބޮޑުވުން ފާޅުކުރައްވައި ނަޝްވާ ވިދާޅުވީ އަދީބުގެ ލޮލުގެ ފެނުން ދަށްވަމުންދަނީ ގްލަކޯމާގެ ސަބަބުން ކަމަށެވެ. އަދީބުގެ ވަކީލުން މީގެ ކުރިންވެސް ތަކުރާރުކޮށް އެމައްސަލަ ކަރެކްޝަންސްގެ ސަމާލުކަމަށް ގެނެސް، އަދީބު ޑޮކްޓަރަށް ދެއްކުމަށް އެދިވަޑައިގަތެވެ. އަދި އަދީބުވެސް ވަނީ އެމަނިކުފާނުގެ ލޮލުގެ ފެނުން އެއްކޮށް ނުގެއްލެނީސް އެކަމަށް ހައްލެއް ހޯދަވައިދެއްވުމަށް ކޯޓުގައި އެދިވަޑައިގެންފައެވެ.
I am worried for Adeeb's eye sight since he said that he has been feeling lower vision from the sides of his eyes. Glaucoma is an eye condition which gradually shows peripheral vision loss and later to the loss of central vision. MCS hasn't showed him to eye doc since Feb 1st.
— Nash (@maryam_nashwa) May 7, 2018
ގްލަކޯމާގެ ސަބަބުން ލޮލުގެ ދެފަރާތުގެ ފެނުން މަޑުމަޑުން ގެއްލި، އެއްކޮށް ލޯ އަނދިރިވާ ގޮތްވެއެވެ.
ނަޝްވާ ވިދާޅުވީ 1 ފެބްރުއަރީގެ ފަހުން ކަރެކްޝަނަލް ސަރވިސަސްއިން އަދީބު ލޮލުގެ ޑޮކްޓަރަށް ދައްކާފައިނުވާކަމަށެވެ. މީގެ ކުރިންވެސް އަދީބު ލޮލުގެ ޑޮކްޓަރަކަށް ނުދެއްކިގެން އުޅެނީ ލޮލުގެ ޑޮކްޓަރަކަށް ނަމްބަރެއް ނުލިބިގެންކަމަށް ކަރެކްޝަންސްއިން ބުނުމުން އާއިލާއިން ވަނީ ނަމްބަރެއް ނެގުން އާއިލާއާއި ހަވާލުކުރުމަށް އެދިފައެވެ. އަދި ލޮލުގެ ޑޮކްޓަރަކަށް ދަައްކަން އެދުމުން އެންމެ ފަހުންވެސް އަދީބު ދައްކާފައިވަނީ ހަމުގެ ޑޮކްޓަރަކަށާއި ކަށީގެ ޑޮކްޓަރަކަށްކަމަށް ނަޝްވާ ވަނީ ވިދާޅުވެފައެވެ.