ކ. މާލެ
|
7 މެއި 2018 | ހޯމަ 19:25
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް
ފޭސްބުކް
ރައީސްގެ އަނބިކަނބަލުން
ދިރިއުޅުމުގެ ހާލަތު ބެއްލެވުމަށް ރައީސް ޔާމީންގެ އަނބިކަނބަލުން ބައެއް ގެތަކަށް
ފާތުމަތު އިބްރާހިމް ވަނީ މައްޗަންގޮޅީގެ 10 ގެއަކަށް ވަޑައިގެންފަ
ސަދަގާތު ފައުންޑޭޝަންގެ ފަރާތުން ހަދިޔާ ވަނީ ދީފަ

އާންމު ދިރިއުޅުމުގެ ހާލަތު ބައްލަވަން ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މާލޭގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވައިފިއެވެ.

ފާތިމަތު އިބްރާހިމް ހޯމަ ދުވަހު ވަނީ މައްޗަންގޮޅީގެ ބައެއް ގެތަކަށް ވަޑައިގެން، އެމީހުންގެ ހާލަތު ބައްލަވާފައެވެ. ފާތުމަތު އިބްރާހިމް ހިންގަވާ ސޮދަގާތު ފައުންޑޭޝަންގެ ފަރާތުން އެ އާއިލާތަކަށް ވަނީ ހަދިޔާދެއްވާފައެވެ. އެހެން ނަމަވެސް އެއީ ކޮން ކަހަލަ ހަދިޔާއެއް ކަމެއް ސާފްވާ ގޮތް ވަނީ ނުވެފައެވެ.  

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުން ފާތިމަތު އިބްރާހިމް މިއަދު ވަޑައިގެންނެވި 10 ގެ އަކީ ވެސް އެމްޑީޕީގެ ސަޕޯޓަރުން ދިރިއުޅޭ ގެތަކެވެ.  

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހާއި ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު ވިދާޅުވީ ފަސްޓް ލޭޑީ ކުރިއަށް ގެންދަވާ "އެންމެ ގާތުން" ކެމްޕެއިނުގެ ތެރެއިން މާލޭގެ ހުރިހާ ހިސާބަކަށް އެކަމަނާ ވަޑައިގެންނެވުމަށް ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް ފަސްޓް ލޭޑީ ވަކި ޕާޓީއެއްގެ ބަޔަކަށް ނުބައްލަވާނެ ކަމަށް މުއާޒް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް