ކ. މާލެ
|
8 މެއި 2018 | އަންގާރަ 08:37
އީރާގުގެ ޝިއައިންގެ ވެރިއެއް ކަމުގައިވާ ސަދްރު
އީރާގުގެ ޝިއައިންގެ ވެރިއެއް ކަމުގައިވާ ސަދްރު
އޭއެފްޕީ
އީރާގު
އީރާގުގެ ސިޔާސީ ޕާޓީއެއްގެ ވެރިއެއް ކުރީ ބޮޑުވަޒީރަށް ފާޑު ވިދާޅުވެއްޖެ
ސަރުކާރެއް އެކުލަވާލަން ވާނީ ރައްޔިތުން މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތަކުން

އީރާގުގެ ސިޔާސީ ޕާޓީއެއްގެ ވެރިއެއް، ކުރީގެ ބޮޑުވަޒީރު ނޫރި އަލް މާލިކީ އަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެއްޖެއެވެ.

މާލިކީ ވަނީ މަޖިލީހުގެ އިންތިޚާބު ކައިރި ވެފައި ވަނިކޮށް ސަރުކާރެއް ރައްޔިތުންގެ މަޖިލީހުން އެކުލަވާލަން ވާނީ ފުރިހަމަ އަގުލަބިއްޔަތަކުން ކަމަށް ކަޑައަޅަން ގޮވާލާފައެވެ. މާލިކީގެ ގޮވާލުމަށް ދެކޮޅުހަދަމުން ސިޔާސީ ޕާޓީއެއްގެ ވެރިއެއް އިތުރުން ޝިއައިންގެ ވެރިއެއް ކަމުގައިވާ ސަދްރު ބުނެފައިވަނީ އެގޮތަށް އަމަލު ކޮށްފިނަމަ ރަގަޅު މަންފާއެއް ނުނިކުންނާނެ ކަމަށެވެ. އަދި ނުސީދާކޮށް މާލިކީއާ ފާޑުކިޔަމުން ވިދާޅުވީ އެގޮތަށް ގޮވާލައްވާ "ބައެއް ސިޔާސީ މީހުން" ގަބޫލު ކުރަނީ ފުރިހަމަ އަގުލަބިއްޔަތު ހޯދައިގެން އިތުރަށް ފަސާދަ ކުރުމާއި ކޮރަޕްޝަން ހިންގުމުގައި ދެމިތިބޭން ފަސޭހަ ވާނެކަމަށެވެ.

ޝިއައިންގެ ޖަމާއަތަށް ނިސްބަތްވެވަޑައި ގަންނަވާ ކުރީގެ ބޮޑުވަޒީރު މާލިކީއަށް ވަނީ އާންމުންގެ ފަރާތުން ވަރަށް ބޮޑަށް ފާޑުކިޔުން ތަކާއި ކުރިމަތި ލާން ޖެހިފައެވެ. އެގޮތުން އެގައުމުގަ އާންމުވި ކޮރަޕްޝަނާއި އައިސިސް އުފެދުމުގެ ޒިންމާ އުފުލަން ޖެހޭނީ މާލިކީކަމަށް ދަނީ ބުނަމުންނެވެ.

މިދިޔަ ބޮޑުވަޒީރު ހޮވުމުގެ އިންތިޚާބުގައި މާލިކީ ބަލިވެފައިވަނީ އެބޭފުޅާގެ ޕާޓީއަށް ނިސްބަތްވެވަޑައި ގަންނަވާ ކެންޑިޑޭޓަކާއި ވާދަކުރުމަށްފަހުއެވެ.

އެއަށް ފަހު މާލިކީ އިސްވެވަޑައިގަތީ ގައުމުގެ ނައިބު ރައީސުގެ މަގާމަށެވެ. އީރާގުގައި ތިން ނައިބު ރައީސުން ތިއްބަވައެވެ. އެގަމާމުގައި ހުންނަވައިގެން މާލިކީ ވަނީ މޭ 12 ގައި ބާއްވާ އިންތިޚާބުގައި ބޮޑުވަޒީރުގެ މަގާމަށް ވާދަކުރައްވަން ނިންމަވާފައެވެ. މާލިކީ ބަލިކޮށް ބޮޑުވަޒީރަކަށް މިދިޔަ އިންތިހާބުގައި ހޮވުނު ބޭފުޅާއާއި ވާދަކުރަން ޖެހޭނެއެވެ. މާލިކީ ހޮވިއްޖެނަމަ މިއީ އެބޭފުޅާ ބޮޑުވަޒީރުކަން ކުރާ ތިންވަނަ ދައުރަށް ވެގެން ދާނެއެވެ.

އީރާގުން ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގައި 000،7 ކެންޑިޑޭޓުން ވަނީ 329 ދާއިރާއަށް ކުރިމަތި ލައިފައެވެ. އެގައުމުގެ އިލެކްޝަން ކޮމިޝަނުން ވަނީ އިންތިޚާބު ކުރިއަށް ދާގޮތް ބަލަން ވަޑައިގަންނަވާ ފަރާތްތަކަށް މަރުހަބާ ކިޔައިފައެވެ.

- ކޮމެންޓް