ކ. މާލެ
|
7 މެއި 2018 | ހޯމަ 13:34
އަބްދުﷲ ޝާހިދު: ރައީސް މައުމޫން ދޫކޮށްލުމަށް ގޮވާލެއްވި
އަބްދުﷲ ޝާހިދު: ރައީސް މައުމޫން ދޫކޮށްލުމަށް ގޮވާލެއްވި
މުހައްމަދު ޝަރުހާން
ރައީސް މައުމޫންގެ ހާލަތު
އަނިޔާވެރިވުމުން ދޭހަވަނީ ނަފްސުގެ ބަލިކަށިކަން: ޝާހިދު
އެވަރުގެ ޚިދުމަތްތެރި އިއްޒަތްތެރިޔަކު އެގޮތަށް ބެހެއްޓުމަކީ ލާއިންސާނީ ކަމެއް

ނުަހައްޤުން އަދަބުދީ، އަނިޔާވެރިވުމުން ހާމަވަނީ ނަފްސުގެ ބަލިކަށިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. 

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ހައްޔަރުކޮށް، ސަރުކާރުން ބަންދުކޮށްގެން ގެންގުޅޭއިރު، އެމަނިކުފާނުގެ ޙާލުކޮޅު ސީރިއަސްވެ ކަންބޮޑުވާ ދަރަޖައަކަށް ދިޔުމާއި ގުޅިގެން ޝާހިދު ވިދާޅުވީ އުމުރުފުޅުން ދުވަސްވީ އެވަރުގެ ޚިދުމަތްތެރި އިއްޒަތްތެރިޔަކު އެގޮތަށް ބެހެއްޓުމަކީ ލާއިންސާނީ ކަމެއް ކަމަށެވެ. އަދި ދޫނިދޫގައި އަނިޔާވެރި ރަހުމެއް ނެތް ވަކިތަކުގެ ދަށުގައި ރައީސް މައުމޫން ހުންނަވާތާ 3 މަސްވެއްޖެ ކަމަށް ވިދާޅުވެ، އެމަނިކުފާނު ދޫކޮށްލުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ. 

ރައީސް މައުމޫން ހައްޔަރު ކޮށްފައިވަނީ ފެބްރުއަރީ 1ގެ ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން، ރިޝްވަތު ދިނުމާއި، ވެރިކަން ވަައްޓާލަން އުޅުނުކަމުގެ ތުހުމަތުގައެވެ. ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، އެމަނިކުފާނުގެ ޝަރީޢަތް ނިމެންދެން ވަނީ ބަންދު ކޮށްފައެވެ. ރައީސް މައުމޫނަށް ބީޕީޕީވީ ކިޔާ ބައްޔެއް ތަހައްމަލު ކުރައްވަން ޖެހިފައި ވާތީ އަބަދު ވެސް އެހީތެރިއަކު ކައިރީގައި ހުންނަން ޖެހޭ ކަމަށް ޑޮކްޓަރުން ވަނީ ލަފާދެއްވާފައެވެ. އެހެންކަމުން އެމަނިކުފާނަށް ދޭން ޖެހޭ އެހީތެރިކަން ފޯރު ކޮށްދިނުމަށް ރައީސް މައުމޫން ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް