އިއުފަވި ޖަމިއްޔާގެ 10 ވަނަ އަހަރީ ޤުރްއާން މުބާރާތުގެ ނަތީޖާ ހޮނިހިރު ދުވަހުގެ ރޭ ފާޅުކޮށްފިއެވެ.
2017 ވަނަ އަހަރު ނޮވެމްބަރ މަހު ބޭއްވި މި ޤުރްއާން މުބާރާތުގައި ޖުމްލަ 167 ކުދިން ވަނީ ބައިވެރިވެފައެވެ. ބައިވެރި ކުދިންގެ ތެރެއިން ޖުމްލަ 116 ކުދިންނަށް ވަނީ އެކިވަނަތައް ލިބިފައެވެ.
މި ރަސްމިއްޔާތުގައި މުޅި މުބާރާތުން އެއްވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލު ކޮށްދެއްވީ ޝަރަފްވެރި މެހެމާން އިމާދުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޖުވޭރިޔާ އިބްރާހީމްއެވެ. އަދި އެކި ވަނަތަކަށް ދިޔަ ފަރާތްތަކަށް އިއުފަވި ޖަމިއްޔާގެ ރައީސް ސަޢުދުﷲ ހިލްމީވެސް ވަނީ އިނާމު ހަވާލު ކޮށްދެއްވާފައެވެ.
މުޅި މުބާރާތުގެ އެކި ގޮފިތަކުން އެއްވަނަ އަށް ހޮވުނު ފަރާތްތައް:
ޕްރީ ސްކޫލްތަކުގެ ބައިން ބަލައިގެން ކިޔެވުމުގެ ގޮފިން
ފާޠިމަތު ޒަމްނާ ޙުސައިން ސިރާޖު / އަމީރުއަޙްމަދު ޕްރީސްކޫލް
ޕްރީ ސްކޫލްތަކުގެ ބައިން ހިތުން ކިޔެވުމުގެ ގޮފިން
އުއްމުހާނީ ބިންތު ޔޫސުފް / ޝައިން ލިޓްލް ލާރނާރސް ޕްރީސްކޫލް
ޤުރްއާންކިލާސްތަކުގެ ބައިން ބަލައިގެން ކިޔެވުމުގެ ގޮފިން
މުޙައްމަދު ސާއީ މުބާރިކް / އިޔާރު ޤުރްއާންކިލާސް
ޤުރްއާންކިލާސްތަކުގެ ބައިން ހިތުން ކިޔެވުމުގެ ގޮފިން
ރިފްދާ މުޙައްމަދު ރަޝީދު / ވިނަވި ޤުރްއާންކިލާސް
މުޅި މުބާރާތުން ޤުރްއާންކިލާސްތަކުގެ ބައިން އެއްވަނަ ޤުރްއާންކިލާސްތައް
ވިނަވި ޤުރްއާންކިލާސް
މުޅި މުބާރާތުން ޕްރީ ސްކޫލްތަކުގެ ބައިން އެއްވަނަ ޕްރީސްކޫލްތައް
ޝައިން ލިޓްލް ލާރނާރސް ޕްރީސްކޫލް