ކ. މާލެ
|
7 މެއި 2018 | ހޯމަ 12:24
ޔުމްނާ އާއި ފިރިކަލުން ނަދީމް (ފައިލް ފޮޓޯ)
ޔުމްނާ އާއި ފިރިކަލުން ނަދީމް (ފައިލް ފޮޓޯ)
މުހައްމަދު ޝަރުހާން
ޔުމްނާ މައުމޫން
ފުލުސް އޮފީހަށް ހާޒިރުވުން ފަސް ކޮށްދެއްވުމަށް ޔުމްނާ އެދިވަޑައިގަންނަވައިފި
މިވަގުތު ދަރިފުޅުގެ ކަންކަން ހަމަޖައްސާނެ އިތުރު މީހަކު ނެތް: ޔުމްނާ
އަންގާރަ ދުވަހުގެ 16:00 އަށް ހާޒިރުވުމަށް ހަމަޖައްސާ ދެއްވުމަށް އެދިވަޑައިގެންނެވި
ޔުމްނާގެ ބައްޕާފުޅާއި ފިރިކަލުން ނަދީމް އަދި ކޮއްކޯފުޅު ފާރިސް ހުންނެވީ ޖަލުގައި

ސަރުކާރު ވައްޓާލަން އުޅުމަށް ތުހުމަތު ކުރެވޭ ބައެއް ފަރާތްތަކަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން، ހޯމަ ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވާ އެންގުން ފަސްކޮށް ދެއްވުމަށް އޭނާ އެދިވަޑައިގެންފި އެވެ.  

އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް އެޑްރެސް ކުރައްވާ ޔުމްނާ ފޮނުއްވާފައިވާ ސިޓީގައި ވަނީ ހޯމަ ދުވަހު ހަވީރު 16:00އަށް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގާފައިވާ ޗިޓް ލިބިފައިވާ ކަމަށާއި ނަމަވެސް މިވަގުތު ދަރިފުޅުގެ ކަންކަން ހަމަޖައްސަން ހުންނެވީ ހަމައެކަނި އޭނާ ކަމަށާއި ދަރިފުޅު ބެލުމަށް އިތުރު ގޮތެއް ހޯއްދަވަމުން ގެންދަވާ ކަމަށެވެ. ދޮށީ ދަރިފުޅު ހޯމަ ދުވަހުގެ ރޭ މާލެ އަންނަ ގޮތަށް ހަމަޖެހިފައިވާތީ، އަންގާރަ ދުވަހުގެ 16:00 އަށް ފުލުސް އޮފީހަށް ހާޒިރުވާންޖެހޭ ގޮތަށް ހަމަޖައްސާ ދެއްވުން އެދޭ ކަމަށް ޔުމްނާގެ އެ ސިޓީގައި ވެއެވެ. 

ޔުމްނާ ފުލުސް އޮފީހަށް ހާޒިރުކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ބަޔަކު ރާވައިގެން ގާނޫނާ ހިލާފަށް ގާނޫނީ ވެރިކަން ވައްޓާލަން މަސައްކަތް ކުރިކަމަށް ތުހްމަތުކުރާ މައްސަލައިގައިކަން ފުލުހުން ފޮނުވާފައިވާ ޗިޓްގައިވެ އެވެ.  

ޔުމްނާގެ މައްޗަށް މި ތުހްމަތުކޮށްފައިވާއިރު އޭނާގެ ބައްޕާފުޅު މައުމޫނާއި ފިރިކަލުން މުހައްމަދު ނަދީމާއި އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ފާރިސް މައުމޫނުގެ މައްޗަށްވެސް އެ ފަދަ ތުހްމަތުތަކެއްކޮށްވަނީ ދައުވާ އުފުލާފަ އެވެ. އަދި އެ ބޭފުޅުން ތިއްބެވީ އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ބަންދުކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް