ކ. މާލެ
|
7 މެއި 2018 | ހޯމަ 12:10
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު
ރާއްޖެ އެމްވީ
އަބްދުﷲ ޖާބިރު
ދެން ފައި ޖައްސާނީ ރައީސް ޔާމީން ނެތް ރާއްޖެއެއްގައި: ޖާބިރު
ޖާބިރު މިހާރު ދިރިއުޅުއްވަނީ އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން

މިވަގުތު ހުންނެވީ ރާއްޖެއާއި ދާދި ކައިރީގައި ކަމަށާއި ދެން ފައި ޖަައްސަވާނީ، ރައީސް އަބުދުﷲ ޔާމީން ނެތް މިނިވަން ޑިމޮކްރެޓިކް ރާއްޖެއެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަގުތު އޭނާ ހުންނެވީ ރާއްޖޭގެ އަސްދަނޑިއާއި ވަރަށް ކައިރީގައި އަވަށްޓެރި ސްރީލަންކާގައި ކަމަށެވެ.

"އިޓަލީގެ މިލާނުން ލަންޑަނަށް، ލަންޑަނުން ކޮލަމްބޯއަށް" ޖާބިރުގެ ޓްވީޓްގައި ވެއެވެ.

ރައީސް ނަޝީދުގެ އެޑްވައިޒަރުކަންވެސް ކުރައްވާ އަބުދުﷲ ޖާބިރު ލަންކާއަށް މި ވަޑައިގެންނެވީ ކުރީގެ ރައީސް ނަޝީދުވެސް ލަންކާގައި ހުންނަވަނިކޮށެވެ.

ޖާބިރު މިހާރު ދިރިއުޅުއްވަނީ އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައެވެ.

ޖާބިރުގެ އަނބިކަނބަލުން، ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު މިހާރު ދިރިއުޅުއްވަނީ ރާއްޖޭގަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
7 މެއި 2018 | ހޯމަ 09:37
ފަސީ
ރައީސް ޔާމީނެއް ހުރީ ދުނިޔޭގެ އެންމެ ގައުމެއްގަ. ބާކީއޮތް ހުރިހާ ގައުމެއްގަ މަނިކުފާނަށް ފައިޖެއްސޭނެ ނޫންތޯ