ކ. މާލެ
|
7 މެއި 2018 | ހޯމަ 07:23
ރައީސް މައުމޫނާއެކު އެމަނިކުފާނުގެ ބެފުޅުން - ޔުމްނާވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވާަފައި
ރައީސް މައުމޫނާއެކު އެމަނިކުފާނުގެ ބެފުޅުން - ޔުމްނާވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވާަފައި
ގޫގުލް
ރައީސް މައުމޫންގެ އާއިލާ
ރައީސް މައުމޫން އާއިލާއާއިއެކު ހުންނެވުމަށް ޑޮކްޓަރުން ލަފާދެއްވުމުގެ މާނައަކީ މުޅި އާއިލާ ހައްޔަރުކުރުމެއް ނޫން: މައުމޫން ހަމީދު
މައުމޫން ހަމީދު އެގޮތަށް ވިދާޅުވީ ޔުމްނާ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާ ފޮނުވި ޗިޓާ ގުޅިގެން

ކުރީގެ ރައީސް މައުމޫން އަބްދުއްޤައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެ، އާއިލާއާއިއެކު ހުންނެވުމަށް ޑޮކްޓަރުން ލަފާދެއްވުމުން އޭގެ މާނައަކީ މުޅި އާއިލާ ހައްޔަރުކުރުން ނޫންކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު އެމަނިކުފާނުގެ ބޭބޭފުޅު، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ފުލުހުންގެ އިދާރާއަށް ހާޒިވުމަށް އެންގުމާއި ގުޅިގެން މައުމޫން ހަމީދުކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރުވެސް ރައީސް މައުމޫން އަބްދުއްޤައްޔޫމާއި، އަހުމަދު ފާރިސް މައުމޫނާއި މުހައްމަދު ނަދީމް ހުންނެވީ ޖަލުގައިކަމަށެވެ. ރައީސް މައުމޫން އަބްދުއްޤައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެ، އާއިލާއާއިއެކު ހުންނެވުމަށް ޑޮކްޓަރުން ލަފާދެއްވުމުން އޭގެ މާނައަކީ މުޅި އާއިލާ ހައްޔަރުކުރުން ނޫންކަމަށް ދެކިވަޑައިގަންނަވާކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ. 

ހޯމަ ދުވަހު ހަވީރު 4:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާ ޔުމްނާ މައުމޫނަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން، ގާނޫނީ ސަރުކާރު ބަޔަކު ރާވައިގެން ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ކަމަށެވެ. 

ޔުމްނާގެ އިތުރުން ބައްޕާފުޅު ރައީސް މައުމޫނާއި، ބޭބެ ފާރިސް މައުމޫން އަދި ފިރިކަލުން ނަދީމްގެ މައްޗަށްވެސް ކޮށްފައިވަނީ ދާދި އެއް ތުހުމަތުތަކެކެވެ. ޔުމްނާ ހައްޔަރުކޮށްފިނަމަ، ރައީސް މައުމޫންގެ އާއިލާ ބޭފުޅުންގެ ތެރެއިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކަރުގެ ނުރަނގަޅު ވާހަކަތައް ދައްކަވާ ހުރިހާ ބޭފުޅުން ހައްޔަރުކުރެވުނީ އެވެ. 

ދުންޔާ މައުމޫނާއި ޣައްސާން މައުމޫން، މި ސަރުކާރަށް ފާޑެއް ވިދާޅެއް ނުވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް