ކ. މާލެ
|
7 މެއި 2018 | ހޯމަ 07:26
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ޑރ. މައުސޫމް
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ޑރ. މައުސޫމް
ރާއްޖެ އެމްވީ
ޑރ. އަބްދުﷲ މައުސޫމް
ކުށެއްނެތި ސިޔާސީ މީހުން ހައްޔަރުކޮށް އަނިޔާދޭއިރު ލަދުގަންނަންޖެހޭނެ: ޑރ. މައުސޫމް
ކުށެއް ނެތި ސިޔާސީ މީހުން ޖަލުތަކުގައި ހައްޔަރުކޮށް އަނިޔާދޭނަމަ އެއީ ހުދުމުހުތާރު ވެރިކަމެއް
މިހާރު ރައްޔިތުންގެ ހުރިހާ ހައްޤުތަކެއްވެސް ވަނީ ނިގުޅައިގަނެފައި
އާންމު ރައްޔިތުންނާއިމެދު މި ސަރުކާރުން ކަންތައްތައް ކުރާނެގޮތް ވިސްނާލަންޖެހޭ

ކުށެއް ނެތި ސިޔާސީ މީހުން ޖަލުތަކުގައި ހައްޔަރުކޮށް އަނިޔާދޭނީ ހުދުމުތާރު އަނިޔާވެރި ވެރިންގެ ކަމަށާއި، ރާއްޖޭގައި އޮތީ އެފަދަ ހުދުމުތާރު ވެރިކަމެއް ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވެއްޖެ އެވެ. 

ރައީސް މައުމޫނަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލާ ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މ. ކުނޫޒްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ޑރ. މައުސޫމް ވިދާޅުވީ ކުށެއް ނެތި ސިޔާސީ މީހުން ޖަލުތަކުގައި ހައްޔަރުކޮށް އަނިޔާދޭ ނަމަ އެއީ ހުދުމުހުތާރު ވެރިކަމެއް ކަމަށާއި، އެކަމާއިމެދު ސުވާލުވެސް އުފައްދަން ނުޖެހޭނެ ކަމަށެވެ. މިއަދު މިޤައުމުގައި އޮތީ އެފަދަ ހުދުމުތާރު، އަނިޔާވެރި ސަރުކާރެއްކަން ޔަޤީންވެގެންދަނީ ޖަލުގައި ދެމުންގެންދާ އަނިޔާގެ ސަބަބުންކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ. 

ޑރ. މައުސޫމް ވިދާޅުވީ މިހާރު ރައްޔިތުންގެ ހުރިހާ ހައްޤުތަކެއްވެސް ނިގުޅައިގަނެފައިވާކަމަށެވެ. ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހައްޔަރުކޮށް، އަނިޔާދޭއިރު، އާންމު ރައްޔިތުންނާއިމެދު މި ސަރުކާރުން ކަންތައްތައް ކުރާނެ ގޮތް ވިސްނާލަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ. 

"ޤާނޫނުތައް ހަދަނީ ރައީސްކަމާއި ހަވާލުވާ މީހަކު އެކަންކަން ރަނގަޅަށް ނުކޮށްފާނެތީ. އެހެންވީމާއި، ޤާނޫނުތަކާއި ގަވައިދުތަކާއި އެއްޗެހި ހެދިފައި މި ހުންނަނީ. ހެންވީމައި މުއައްސަސާތައް ހިންގަން ތިބޭ ބޭފުޅުންވެސް ޖެހޭނީ ލިޔެފައި އޮންނަ އެއްޗަކަށް ބަަލަން. ރައީސުލްޖުމްހޫރިއްޔާ ބުނާ އެއްޗަކަށް ބުރަވެގެން ކަންތައްތައް ކޮށްގެން ނުވާނެ"

ރައީސް މައުމޫން ދިވެހި ޤައުމަށް އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައިވާކަން ފާހަގަކޮށް، ޑރ. މައުސޫމް ވިދާޅުވީ ދިވެހިން މިއަދު މިދެކޭ ޤައުމު އާރަސްތުކުރުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކޮށްދެއްވީ އެމަނިކުފާނު ކަމަށެވެ. އެގޮތުން މަދަރުސީ ތައުލީމް އާންމުކޮށް، ސިއްހީ ނިޒާމް ފުޅާކޮށް، ޓޫރިޒަމް އިންޑަސްޓްރީ ނަގައި ކޮޅަށްޖެހީ ރައީސް މައުމޫންގެ ބުރަ މަސައްކަތުންކަމަށް މައުސޫމް ވިދާޅުވި އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް