ކ. މާލެ
|
7 މެއި 2018 | ހޯމަ 08:11
އެއްޗެއް ގޮއްވާލި މިސްކިތް ތެރޭގައި އެ ޤައުމުގެ ސިފައިން ހަރަކާތްތެރިވަނީ
އެއްޗެއް ގޮއްވާލި މިސްކިތް ތެރޭގައި އެ ޤައުމުގެ ސިފައިން ހަރަކާތްތެރިވަނީ
އަލްޖަޒީރާ
އަފްޣާނިސްތާނުގެ ހަމަނުޖެހުން
އަފްޣާނިސްތާނުގެ މިސްކިތެއްގައި އެއްޗެއް ގޮއްވާލާ، 14 މީހުން މަރާލައިފި
މި ހަމަލާގައި 14 މީހުން މަރުވުމުގެ އިތުރުން މި ހަމަލާގައި 30 މީހަކު ވަނީ ޒަހަމްވެފައި
ހަމާލާގެ ޒިންމާ އެއްވެސް ހަނގުރާމަވެރި ގުރޫޕަކުން ނަގާފައެއް ނުވޭ

އަފްޣާނިސްތާނުގެ މިސްކިތެއްގައި އެއްޗެއް ގޮއްވާލާ 14 މީހުން މަރާލައިފި އެވެ.

އަފްޣާނިސްތާނުގެ ކޯސްޓް ސިޓީގައި ހުންނަ ޔައުޤޫބީ މިސްކިތުގައި ބާރުގަދަ އެއްޗެއް ގޮއްވާލާދިން މި ހަމަލާގައި 14 މީހުން މަރުވުމުގެ އިތުރުން މި ހަމަލާގައި 30 މީހަކު ވަނީ ޒަހަމްވެފަ އެވެ. 

އަފްޣާނިސްތާނުގެ ޕަބްލިކް ހެލްތު މިނިސްޓްރީގެ ސްޕޯކްސްޕާސަން އަލްޖަޒީރާއަށް ވިދާޅުވީ ހަމަލާގައި ޒަހަމްވި މީހުންނަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަށެވެ. ހަމަލާދިން މިސްކިތަކީ ކުރިއަށް އޮތް އިންތިހާބުގެ ވޯޓާރސް ރަޖިސްޓްރޭޝަނަށް ބޭނުން ކުރަމުން އައި މިސްކިތެއް ކަމަށާއި، ހަމަލާދިން ވަގުތުގައި ނަމާދަށާއި، ވޯޓާރސް ރަޖިސްޓްރޭޝަނަށް މީހުން މިސްކިތުގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. 

މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ހަނގުރާމަވެރި ޖަމާއަތަކުން ނަގާފައެއް ނުވެ އެވެ. ތާލިބާނުންގެ ތަރުޖަމާން ޒަބިހުﷲ މުޖާހިދު އަލްޖަޒީރާއަށް ވިދާޅުވީ އެ ހަމަލާގައި އެ ގޫރުޕުގެ އެއްވެސް ބައިވެރިވުމެއް ނުވާނެ ކަމަށާއި، އެއީ އެ ގުރޫޕުންދިން ހަމާލާއެއް ނޫން ކަމަށެވެ. 

އަފްޣާނިސްތާނުގެ އާންމު އިންތިހާބު މި އަހަރުގެ އޮކްޓޯބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސަލާމަތީ ކަންކަމާއި ގުޅޭގޮތުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މަހުގެ ކުރީކޮޅުގައި ވެރިރަށް ކާބުލްގައި ހުރި ވޯޓާރސް ރަޖިސްޓްރޭޝަން ސެންޓަރުގައި ބޮމެއް ގޮއްވާލާ 63 މީހުން ވަނީ މަރާލާފަ އެވެ. އެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން ވަނީ ނަގައިފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް