ކ. މާލެ
|
7 މެއި 2018 | ހޯމަ 07:17
ފްލެޓް ފޯމް ނެގުމަށް ގިނަ ބަޔަކު އާދީއްތަ ދުވަހު ދަރުބާރުގޭގައި ކިޔޫޖެހިފައި
ފްލެޓް ފޯމް ނެގުމަށް ގިނަ ބަޔަކު އާދީއްތަ ދުވަހު ދަރުބާރުގޭގައި ކިޔޫޖެހިފައި
މުހައްމަދު ޝަރުހާން
ފްލެޓް ދޫކުރުން
ހުރިހާ ޕާޓީތަކެއް އެކުލެވޭ ކޮމެޓީއަކުން ފްލެޓް ދޫކުރޭ، ރިޝްވަތު ކަމަށް ބެލެވިދާނެ: ސުއޫދު
ޖުމްލަ 17 ކެޓަގަރީ އަކަށް ޚާއްސަ ކޮށްފައިވާ ފްލެޓްތަކަށް ކުރިމަތިލުމުގެ ފޯމު ދޫކުރަން ވަނީ ފަށާފައި
އާދިއްތަ ދުވަހުން ފެށިގެން ޖުލައި 31 އާ ހަމައަށް ފޯމު ދޫކުރާނެ
ފޯމު ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ ޖޫން 3 އިން ޖުލައި 31 ގެ ނިޔަލަށް

ހުރިހާ ޕާޓީތަކެއް އެކުލެވޭ ކޮމެޓީއަކުން ނޫންގޮތަށް ފްލެޓްތައް ދޫކުރާކަމުގައިވާނަމަ އެއީ ރިޝްވަތުކަމަށް ބެލެވިދާނެކަމަށް ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ. 

ޖުމްލަ 17 ކެޓަގަރީ އަކަށް ޚާއްސަ ކޮށްފައިވާ ފްލެޓްތަކަށް ކުރިމަތިލުމުގެ ފޯމު ދޫކުރަން ފަށާފައިވާއިރު، އާދިއްތަ ދުވަހު ސުއޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހުރިހާ ޕާޓީތައް ތަމްސީލްވާ މަންދޫބުންގެ ކޮމެޓީއަކުން, ފްލެޓް ހައްގުވާ މީހުން ކަނޑައަޅަން ގޮވާލާކަމަށެވެ. ނޫން ނަމަ ރިޔާސީ އިންތިހާބާއި، ދިމާކޮށް ދޭ ފްލެޓްތަކަކީ ވޯޓުލާ މީހުންނަށްދޭ ރިޝްވަތެއް ކަމަށް ބެލެވިދާނެކަމަށް ސުއޫދު ވިދާޅުވި އެވެ. 

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓަށް ކުރިމަތިލާން ހުޅުވާލިތާ ގަޑިއެއްހާ އިރު ތެރޭގައި 15،000 ފޯމު ވަނީ ނަގައިފަ އެވެ. އާދިއްތަ ދުވަހުން ފެށިގެން ޖުލައި 31 އާ ހަމައަށް ފޯމު ދޫކުރާނެ އެވެ. ފޯމު ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ ޖޫން 3 އިން ޖުލައި 31 ގެ ނިޔަލަށެވެ.

ސަރުކާރުން ދޫކުރުމަށް ހުޅުވާލި 7000 ފްލެޓަކީ އަދި އިމާރަތްކޮށް ނިމިފައިވާ ފްލެޓްތަކެއްވެސް ނޫނެވެ. އޭގެތެރެއިން ބައެއް ފްލެޓްތަކުގެ ފައުންޑޭޝަންވެސް މިހާތަނަށް އަޅާފައެއް ނުވެ އެވެ. 

އާދިއްތަ ދުވަހު ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މީގެ ކުރިން ހުޅުވާލި ކެޓަގަރީގައި ފްލެޓަށް އެދި ކުރިމަތިލީ 15،000 މީހުންގެ ހައްގު ވެސް ހިމާޔަތް ވާނީ، 7،000 ފްލެޓް ކެޓަގަރީތަކަކަށް ބަހާލައި އެންމެ ނިކަމެތި މީހުންނަށް ފްލެޓް ދޫކޮށްގެންނެވެ. އެ މީހުން އަލުން ފޯމު ހުށަހަޅާ ގޮތަށް ހަމަޖެއްސީ، ދިރިއުޅުމަށް އައި ބަދަލާއި ހާލަތު ދެނެގަންނަން ކަމަށް ވެސް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް