ކ. މާލެ
|
7 މެއި 2018 | ހޯމަ 04:19
އުރީދުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އުރީދުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އުރީދޫ
އުރީދޫ އާންމު އަހަރީ ޖަލްސާ
އުރީދޫއަށް 580.4 މިލިޔަން ރުފިޔާގެ ފައިދާ
ހިއްސާދާރުންގެ މެދުގައި 85 ޕަސެންޓް ބަހަން ވަނީ ހަމަޖެހިފައި
ހިއްސާގެ 9.5 ޕަސެންޓް އާންމުންނަށް ބެހުމަށް ވަނީ ނިންމީފައި

އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި 2017 ވަނަ އަހަރު 580.4 މިލިޔަން ރުފިޔާ ލިބިއްޖެއެވެ.

އުރީދޫއަށް ލިބިފައިވާ ފައިދާއިން ހިއްސާދާރުންގެ މެދުގައި 85 ޕަސެންޓް ބަހަން ވަނީ ހަމަޖެހިފައެވެ. އަދި އުރީދޫ އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާއަކަށް 3.20ރ. ބަހަން އާދިއްތަ ދުވަހުގެރޭ ވަނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައެވެ.

އުރީދޫއިން ވަނީ އެ ކުންފުނީގެ ހިއްސާގެ 9.5 ޕަސެންޓް އާންމުންނަށް ބެހުމަށް ނިންމާފައެވެ. ބާކީ އޮތް 90.5 ޕަސެންޓަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާ އެވެ.

މީގެ އިތުރުން އުރީދޫއިން އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ އިނާޔަތްތަކަށް ބަދަލު ގެނައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، ދެން ބާއްވާ ބޯޑުގެ ކޮންމެ ބައްދަލުވުމެއްގައި ބައިވެރިވާ ކޮންމެ ޑިރެކްޓަރަކަށް 30،000ރ. ގެ ސިޓިން ފީއަކާއި މަހު ފީގެ ގޮތުން ކޮންމެ ޑިރެކްޓަރަކަށް 2،000ރ. ލިބޭނެއެވެ.

2017 ވަނަ އަހަރު އުރީދޫގެ ކަސްޓަމަރުންގެ އަދަދު ވަނީ 432000 އަށް އިތުރުވެފައެވެ.

- ކޮމެންޓް