ކ. މާލެ
|
6 މެއި 2018 | އާދީއްތަ 23:21
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކޯޓަށް ޙާޒިރު ކުރުމަށް މާލެ ގެންނަނީ
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކޯޓަށް ޙާޒިރު ކުރުމަށް މާލެ ގެންނަނީ
މުހައްމަދު ޝަރުހާން
ކުރީގެ ރައީސް މައުމޫން
ޑޮކްޓަރުންގެ ރިޕޯޓްތައް ރައީސް މައުމޫނާއި ފުލުހުން ހިއްސާ ނުކުރޭ: ނާދިރާ
ގާނޫނީ ވަކީލުން އެދުމުން ވެސް ރިޕޯޓުތަށް ހިއްސާކޮށްފައެއް ނެތް

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ޑޮކްޓަރަށް ދެއްކުމަށްފަހު ދީފައިވާ ރިޕޯޓުތައް ފުލުހުން އެމަނިކުފާނުގެ އާއިލާ އާއި ހިއްސާކޮށްފައި ނުވާކަމަށް ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސާ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން އާދީއްތަ ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ނާދިރާ ވިދާޅުވީ ނިމިދިޔަ ހަފްތާގެ ތެރޭގައި ރައީސް މައުމޫން ފުލުހުންގެ ބެލުމުގެ ދަށުން ޑޮކްޓަރަށް ދައްކަވައި، ބައެއް ޓެސްޓުތަށް ހައްދަވާފައިވާ ކަމަށެވެ. މިއަދު ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވުމުން ވެސް އެމަނިކުފާނު ޑޮކްޓަރަށް ދެއްކެވުމަށް ފަހު ދީފައިވާ ލިޔެކިޔުންތަކާއި، ޓެސްޓްތަކުގެ ރިޕޯޓުތައް ގަނޫނީ ވަކީލުންނާއި އާއިލާއަށް ވެސް ހިއްސާކޮށްފައި ނުވާކަމަށް ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ ރައީސް މައުމޫންގެ ލޭގެ ޓެސްޓުތަކަށް ވެސް ހަދާފައިވާ ކަމަށާއި، އާދީއްތަ ދުވަހުގެ ހެނދުނު ވެސް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ދޫނިދޫއަށް ވަޑައިގެން ފުލުހުންގެ ކިބައިން އެ ޓެސްޓްތަކުގެ ރިޕޯޓްތައް ހިއްސާކުރުމަށް އެދުމުން ވެސް އެކަން ކޮށްފައި ނުވާ ކަމަށެވެ. ބޭސްފަރުވާގެ ހައްގަކީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ލިބިދޭންޖެހޭ ހައްގެއްކަން ފާހަގަކުރަމުން ނާދިރާ ވިދާޅުވީ ބޭސް ފަރުވާގެ ހައްގުން ރައީސް މައުމޫން މަޙްރޫމް ނުކުރެއްވޭނެ ކަމަށެވެ.

ނާދިރާ ވިދާޅުވީ މައުމޫނަކީ "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވަރިޓިގޯ" ( އަނބުރާ ގޮތްވުމުގެ) ބަލި ތަހައްމަލު ކުރައްވަމުންގެންދަވާ ބޭފުޅެއް ކަމަށެވެ. އެ ބަލީގެ ސަބަބުން ނިމިދިޔަ ހަތްފާގެ ބުދަ ދުވަހުން ފެށިގެން ރައީސް މައުމޫންގެ ބޮލަށް އެނބުރުން އަރާވަޑައިގަންނަވާކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

ނާދިރާ ވިދާޅުވީ އެ ބަލީގެ ގޮތުން ފުލުހުންނަން ވެސް އެންމެ އެދެވޭ އެހީތެރިކަން ރައީސް މައުމޫންނަން ނުދެއްވެވޭކަން ފުލުހުން ގަބޫލުކުރައްވާ ކަމަށެވެ. ރައީސް މައުމޫނަން މިއަދު ބޭނުންވަނީ އާއިލާގެ މެމްބަރުންގެ ލޯތްބާއި ކުލުނުކަން ފާހަގަކުރަމުން ނާދިރާ ވަނީ ރައީސް މައުމޫން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވުމާއި ގުޅިގެން އާދީއްތަ ދުވަހު އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒްއަށް އެޑްރެސް ކުރައްވާ ފޮނުއްވެވި ސިޓީގައި އެކަމަނާ ވިދާޅުވީ ރައީސް މައުމޫން ގޭބަންދަށް ބަދަލުކޮށްދެވެން ނެތްނަމަ، ދޫނިދޫއަށް ގޮސް އެމަނިކުފާނުގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމުގައި އެހީތެރިވެދޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖައްސަވާ ދެއްވުމަށެވެ. ރައީސް މައުމޫން ގެއަށް ބަދަލުކޮށްދެވެން ނެތްނަމަ، އެމަނިކުފާނުގެ ސިއްހީ ހާލަތު ރަނގަޅުވަންދެން ރައީސް މައުމޫން އަރިހުގައި ބަންދުކުރެއްވުމަށް އެދޭ ކަމަށް ނަސްރީނާ ސިޓީގައި ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް