ކ. މާލެ
|
6 މެއި 2018 | އާދީއްތަ 21:52
ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް
ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް
ޓްވިޓަރ
ކުރީގެ ރައީސް މައުމޫން
ގެއަށް ބަދަލު ނުކޮށްދެވޭނަމަ، މައުމޫނާ އެކު އަޅުގަނޑުވެސް ގޮޅީގައި ބާއްވަދީ: ނަސްރީނާ
ނަސްރީނާ ވަނީ އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒްއަށް ސިޓީފުޅެއް ފޮނުވާފަ
ރައީސް މައުމޫން އަނބުރާ ވަޑައިގަންނަވާ ގޮތްވުން ތަހައްމަލު ކުރައްވަން ވަނީ ޖެހިވަޑައިގެންފަ
ރައީސް މައުމޫންގެ މި ބައްޔަށް މިދިޔަ ޑިސެމްބަރު މަހުވެސް އެމަނިކުފާނަށް ފަރުވާދެއްވާފައިވޭ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގެއަށް ބަދަލުކޮށްދެވެން ނެތްނަމަ، އެމަނިކުފާނުގެ އަރިހުގައި ގޮޅީގައި ބާއްވާދިނުމަށް އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އެދިވަޑައިގެންފިއެވެ.

ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވުމާއި ގުޅިގެން އާދީއްތަ ދުވަހު އެމަނިކުފާންގެ އަނބިކަބަލުން ނަސްރީނާ އިބްރާހިމް އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒްއަށް އެޑްރެސް ކުރައްވާ ފޮނުންވެވި ސިޓީގައި އެކަމަނާ ވިދާޅުވީ ރައީސް މައުމޫން ގޭބަންދަށް ބަދަލުކޮށްދެވެން ނެތްނަމަ، ދޫނިދޫއަށް ގޮސް އެމަނިކުފާންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމުގައި އެހީތެރިވެދޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖައްސަވާ ދެއްވުމަށެވެ. ރައީސް މައުމޫން ގެއަށް ބަދަލުކޮށްދެވެން ނެތްނަމަ، އެމަނިކުފާންގެ ސިއްހީ ހާލަތު ރަނގަޅުވަންދެން ރައީސް މައުމޫން އަރިހުގައި ބަންދުކުރެއްވުމަށް އެދޭ ކަމަށް ނަސްރީނާ ސިޓީގައި ވިދާޅުވެފައެވެ.

އެ ސިޓީގައި ރައީސް މައުމޫނަކީ "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވަރިޓިގޯ" ( އަނބުރާ ގޮތްވުމުގެ)ގެ ބަލި ތަހައްމަލު ކުރައްވަމުންގެންދަވާ ބޭފުޅެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އެ ބަލީގެ ސަބަބުން ނިމިދިޔަ ހަތްފާގެ ބުދަ ދުވަހުން ފެށިގެން ރައީސް މައުމޫން އަނބުރާ ވަޑައިގަންނަވާ ގޮތްވުން ތަހައްމަލު ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށް ނަސްރީނާ ވިދާޅުވެފައެވެ.

"އިއްޔެ ވަރަށް ބޮޑަށް އަނބުރާ ވަޑައިގަންނަވާ ގޮތް ކުރިމަތިވެ، އެއްވެސް ވަރަށް އިސްތަށިފުޅު ގުޑުވާލެއްވޭ ވަރުވެސް ނުވިކަން ފާހަގަކުރަން" ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒްއަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައެވެ.

އެފަދަ ސީރިއަސް ހާލަތަކަށް ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާއިރު، ގިނިކަންޏާ ފާހާނާއަށް ވަޑައިގެންނެވުމަކީ ކުރެއްވޭ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ނަސްރީނާ ވިދާޅުވީ ފާޙާނާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވަނީ ކޮންމެވެސް މީހެއްގެ އެހީގައި ކަމަށާއި އެކަމަކީ އާއިލާގެ މީހަކާ އެކުގައި މެނުވީކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

 

ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް

"އަޅުގަނޑުގެ ފިރިކަލުން މިހާރު ހުންނެވިތަނުން ގޭބަންދަށް ބަދަލުކޮށް ދެއްވުންއެދި ދަންވަން، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިކަމީ ތިޔަފަރާތަށް ކޮށްދެއްވިދާނެ ކަމެއް" ނަސްރީ ވިދާޅުވެފައެވެ.

ރައީސް މައުމޫންގެ މި ބައްޔަށް މިދިޔަ ޑިސެމްބަރު މަހުވެސް އެމަނިކުފާނަށް ފަރުވާދެއްވާފައިވާކަމަށް އައިޖީއެމްއެޗް ގެ އީއެންޓީ ސްޕެޝަލިސްޓެއް ވިދާޅުވެ، ދެއްވާފައިވާ ލިޔުމެއް އާއިލާއިން ވަނީ ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް