ކ. މާލެ
|
6 މެއި 2018 | އާދީއްތަ 22:22
ޔުމްނާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ:- އޭނާގެ މައްޗަށްވެސް ވަނީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހްމަތު ކޮށްފައި
ޔުމްނާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ:- އޭނާގެ މައްޗަށްވެސް ވަނީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހްމަތު ކޮށްފައި
ރާއްޖެ އެމްވީ
ޔުމްނާ މައުމޫނު
ރިޝްވަތު ދީގެން ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޔުމްނާ ވެސް ފުލުސް އޮފީހަށް ހާޒިރުކުރަނީ
ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ
ޔުމްނާގެ ބައްޕާފުޅާއި ފިރިކަލުންނާއި ކޮއްކޯފުޅުވެސް ހުރީ ބަންދުގައި
ފަނޑިޔާރުނަށް ރިޝްވަތުދިން ކަަމަށްވެސް ޔުމްނާގެ މައްޗަށް ތުހްމަތުކުރޭ

ބައެއް ފަރާތްތަކަށް ރިޝްވަތުދީގެން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުނު ކަމަށް އެންމެފަހުން ޔުމްނާ މައުމޫނަށްވެސް ކޮށް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ދަރިކަނބަލުންގެ މައްޗަށްކުރާ މި ތުހްމަތުތަކުގައި ސުވާލު ކުރުމަށް ހޯމަ ދުވަހު ފުލުސް އޮފީހަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވާފަ އެވެ.    

ޔުމްނާ ފުލުސް އޮފީހަށް ހާޒިރުކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާދީގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ބަޔަކު ރާވައިގެން ގާނޫނާ ހިލާފަށް ގާނޫނީ ވެރިކަން ވައްޓާލަން މަސައްކަތް ކުރިކަމަށް ތުހްމަތުކުރާ މައްސަލައިގައިކަން ފުލުހުން ފޮނުވާފައިވާ ޗިޓްގައިވެ އެވެ.  

ޔުމްނާގެ މައްޗަށް މި ތުހްމަތުކޮށްފައިވާއިރު އޭނާގެ ބައްޕާފުޅު މައުމޫނާއި ފިރިކަލުން މުހައްމަދު ނަދީމާއި އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ފާރިސް މައުމޫނުގެ މައްޗަށްވެސް އެ ފަދަ ތުހްމަތުތަކެއްކޮށްވަނީ ދައުވާ އުފުލާފަ އެވެ. އަދި އެ ބޭފުޅުން ތިއްބެވީ އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ބަންދުކޮށްފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް