ކ. މާލެ
|
6 މެއި 2018 | އާދީއްތަ 19:42
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ނޫސް ކޮންފެރަންސް
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ނޫސް ކޮންފެރަންސް
އަރުޝަމް އަބްދުލް ޢަޒީޒް
ގުޅިފައިވާ ޕާޓީތައް
ސަރުކާރުން އުޅެނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭކަށް ނޫން، ރައްޔިތުންނަށް އޮޅުވާލަން: އިންތި
ކުރިމަތިލުމަށް ހުޅުވާލި ފުލެޓްތަކުގެ ބިންގާ ނުވެސް އެޅޭ
މިއަދާ ހަމައަށްވެސް މިސަރުކާރުންނެއް ފުލެޓެއް ނާޅާ

މި ސަރުކާރުން އުޅުއްވަނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭކަށް ނޫން ކަމަށާއި ރައްޔިތުންނަށް އޮޅުވާލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އާދީއްތަ ދުވަހު މ.ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ބޭނުންނުވާ ކަމަށާއި ސަރުކާރުގެ ބޭނުމަކީ ރައްޔިތުންނަށް ހުރިހާ ކަމެއް ވެސް އޮޅުވާލުން ކަމަށެވެ. ހަމައެހެންމެ އިންތި ވިދާޅުވީ ފްލެޓް ދޫކުރުމަށް ފޯމް ބަހަން ފަށާފައިވާއިރު، ދޫކުރަން ހަމަޖެހިފައިވާ ފްލެޓްތަކުގެ ބިންގާވެސް އަދި ނޭޅޭކަމަށެވެ. އަދި މި ސަރުކާރު ބިނާކުރި ފްލެޓެއް ނުހުންނާނެ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

"ބިންގަލެއްވެސް އެޅިފަ، ނުވެސް ފެށޭ ޕްރޮޖެކްޓްތަކެއްގަ ފުލެޓް މީހުންނަށް ބަހާ އެ ފޯމު ފުރާ، ފޯމު ހުށައަޅުމުގެ ފުރުސަތު އެހުޅުވާލީ، އަދި ބިންގަލެއްވެސް އެޅުނީކީ ނޫން!" އިންތި ވިދާޅުވިއެވެ.

މިއަދާ ހަމަޔަށްވެސް މިސަރުކާރުން އެޅުއްވި ފްލެޓެއް ފެންނަން ނެތް ކަމަށާއި މިހާތަނަށް މިވެރިކަމުގައި ބިނާކޮށްފައިހުރި ހުރިހާ ފްލެޓްތަކަކީ އެމްޑީޕީ ސަރުކާރުގައި ހޯއްދެއްވި ފައިނޭންސުން އަދި ހައްދަވާފައިވާ ޕްރޮގްރާމްތަކާއި ފައްޓަވައިފައިވާ ޕްލޭންތަކުން އެޅިފައިވާ ފުލެޓްތަކެއްކަމަށްވެސް އިންތި ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުން އަޅުއްވާފައިވާ ފުލެޓްތައް އިންސާފުގެ މަގުން މިސަރުކާރުން ނުބައްސަވާ ކަމަށް ތުހުމަތު ކުރައްވަމުން އިންތި ވިދާޅުވީ އަރަބިއްޔާ ސްކޫލް ކުރީގައި ހުރި ބިމުގައި އެމްޑީޕީ ސަރުކާރުން އެޅި ފްލެޓްތައް އަޅާފައިވަނީ އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށާއި އެހެންނަމަވެސް މިސަރުކާރުން އެފްލެޓްތައް ވިއްކާފައި ވަނީ ބޮޑު މުސާރަލިބޭ މީހުންނަށްވެސް އަތް ނުފޯރާ ހިސާބުގައި ކަމަށް އިންތި ވިދާޅުވިއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އިންތި ވިދާޅުވީ ސަރުކާރު ރަމްޒުކޮށްދެނީ މުޅިންވެސް ނުރަގަނޅު ސިފަތައްކަމަށެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުން ސަމާލުވާންވީ، ސަރުކާރަކީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮއްދިނުމަކަށް ތިބި ބޭފުޅުންނެއް ނޫން! ހަމަ ހައްތަހާވެސް މި ސަރުކާރު ރަމްޒުކޮށްދެނީ ވައްކަން! ކޮރަޕްޝަން! ފަސާދަ!"

ސަރުކާރުން ވަނީ މިއަދު ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓްތަކައް ފޯމް ދޫކުރަން ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް